މިއަދު ކޯވިޑް ވެކްސިން ދިނީ އަތޮޅު ތެރޭގައި އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެއްވެސް ސަރަހައްދެއްގައި ވެކްސިން ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައެއް ނުވެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު އަތޮޅު ތެރޭގެ ސެންޓަރުތަކުގައި 1،108 މީހުންނަށް ވެކްސިން ދީފައިވެ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މިއަދުގެ ނިޔަލަށް ޖުމްލަ 99،419 މީހަކަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ.
އޭގެ ތެރެއިން 69،725 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އެވެ. އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 29،694 މީހުންނަށެވެ.
މިހާރު މާލޭގައި ވެކްސިން ދެމުން ދަނީ7 ސެންޓަރެއްގައި އާއި ދެ މޮބައިލް ޓީމް މެދުވެރިކޮށެވެ. އަތޮޅުތެރޭގައި 169 ސެންޓަރެއްގައި ވެކްސިން ދެމުންދެ އެވެ.
https://twitter.com/HPA_MV/status/1365351011389493256
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް