ކާނިވާ ސަރަހައްދުގަ ހުރި ގުދަންތަކެއް ބޭނުން ކުރާ ބަޔަކު ނެތް، އެކަމަކު މުދާ ފުރިފަ!

އަލިމަސް އުފާ ކާނިވާ ސަރަހައްދުގެ ބައެއް ގުދަންތައް ބޭނުން ކުރަމުންދާ ބަޔަކު ނޭނގުނު ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ. އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކާނިވާ ސަރަހައްދުގެ އިރު ...

26 Feb 2021 | 04:29

އަލިމަސް އުފާ ކާނިވާ ސަރަހައްދުގެ ބައެއް ގުދަންތައް ބޭނުން ކުރަމުންދާ ބަޔަކު ނޭނގުނު ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކާނިވާ ސަރަހައްދުގެ އިރު ދެކުނު ފަރާތުގައި ހިންގަމުންދާ ޑޮލްފިން ވިއު ކެފޭ އާއި އިންވެގެން ހުޅަނގަށް ހުރި ގުދަންތަށް މިހާރު ބޭނުން ކުރަމުންދާ ބަޔަކު ހޯދަން މިމަހު ދެވަނަ ދުވަހު އިއުލާނު ކުރި ކަމަށެވެ. އެކަމަކު މުއްދަތު ހަމަވި އިރު އެއްވެސް ފަރާތަކުން އެތަންތަން ބޭނުން ކުރަމުންދާ ކަމަށް ބުނެ ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެކަމަކު އެ ގުދަންތަކުގައި މުދަލާއި ތަކެތި އެބަހުރި ކަމަށް ބުނެފައިވެ އެވެ.

އެހެންވެ ގުދަންތައް ހުސްކުރުމަށް ވަނީ މުހުލަތެއް ދީފައި އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ އެ ގުދަންތައް ބޭނުން ކުރަމުންދާ ފަރާތްތަކުން އެ ތަންތަނަށް ވައްދާފައިވާ މުދަލާއި ތަކެތި އަންނަ މާޗް މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ނެރެ ހުސް ކުރަން ޖެހޭނެ ކަމަށެވެ.

ގުދަންތައް ހުސް ނުކޮށްފި ނަމަ އެ ތާރީހަށް ފަހު ހުންނަ މުދަލާއި ތަކެއްޗާއި މެދު ކައުންސިލުން ނިންމާ ގޮތަކަށް އަމަލު ކުރެވޭނެ ކަމަށް ބުނެ އެވެ. އަދި މި ސަބަބާއި ހެދި އެއްވެސް ބަޔަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެ ކައުންސިލުން ނުނަގާނެ ކަމަށް ބުނެފައިވެ އެވެ.

ކާނިވާ ސަރަހައްދަކީ މިފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވާ ސަރަހައްދެކެވެ. މީގެ ކުރިން އެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ގިނަ ދުވަސް ތަކެއް ވަންދެން ޕާކުކޮށްފައި ހުރި ވެހިކަލް ތަކާއި ބާވެ ހަލާކުވެފައި ހުރި ވެހިކަލްތައް ޕާކު ކޮށްފައި ހުރި މައްސަލަތަކެއްވެސް ބަލައި ފިޔަވަޅު އަޅާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް