"ފުކްރޭ ރިޓާންސް" ފަދަ ބޮލީވުޑްގެ މަޝްހޫރު ފިިލްމުތަކުން ފެނިގެން ގޮސްފައިވާ މަޝްހޫރު އެކްޓަރު ޕުލްކިތް ސަމްރާޓްގެ މޫނަށް އަންނާނެ ބަދަލަކަށް އިންތިޒާރު ކުރެވެން ފަށައިފި އެވެ.
ޕުލްކިތް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާ ފޮޓޯއެއްގައި ހުރީ މޫނުގެ އެއްބައިގަ ހުދުކުލައިގެ އެއްޗެހިތަކެއް އުނގުޅައިގެންނެވެ. ފޮޓޯގައި އިނީ މޫނަށް މަޖާ ވައްތަރެއް ޖައްސާލައިގެންނެވެ.
އެ ފޮޓޯގެ ކެޕްޝަންގައި ލޯބިވިޔެރިޔާ އަދި ބޮލީވުޑްގެ އެކްޓްރެސް ކްރިތީ ހަރްބަންދާ ޓެގުކޮށް ލިޔެފައިވަނީ އޭނާ މި ދުވަސްކޮޅު މޫނުގައި އުނގުޅަމުން ދަނީ ކްރިތީ ބުނާ އެއްޗެހި އޭނާގެ ލަފާގެ މަތިން ކަމަށެވެ. އެއީ ހަންގަނޑުގެ ފަރުވާއަށް ކަމަށް ބުނެފައި އެވެ.
މި ޕޯސްޓު ގިނަ ބަޔަކަށް މަޖާވެފައިވާއިރު ކްރިތީވެސް ކޮމެންޓް ކޮށްފައިވެ އެވެ. ކްރިތީގެ ކޮމެންޓުގައި ހިނިގަނޑެއް ޖަހާލުމަށް ފަހު ބުނެފައިވަނީ "ކިއުޓް" ކަމަށެވެ.
އެހެންވެ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން ދަނީ ލޯބިވެރިޔާގެ ލަފާގެ މަތިން ހަންގަނޑު ރީތި ކުރުމަށް ޕުލްކިތް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނާނެ ދުވަހަކަށެވެ.
މި ދެ ތަރިން ލޯބީގެ ގޮތުން ގުޅުނީ 2019 ވަނަ އަހަރު އެވެ. ޕުލްކިތާއި ކްރިތީ އެކުގައި ފެނިގެންދިޔަ ފިލްމުތަކުގެ ތެރޭގައި 2018 ވަނަ އަހަރުގެ "ވީރޭ ކީ ވެޑިން" އަދި މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ތައިޝް" ހިމެނެ އެވެ.
ކްރިތީ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ހައުސް ފުލް 4" ހިމެނެ އެވެ. ޕުލްކިތްގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހާތީ މޭރީ ސާތީ" ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް