ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު ހަސަން ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ އޭނާއާއި ދެކޮޅަށް ބެލި ސުލޫކީ މައްސަލައަކަށް ފަހު އެވެ. ޖޭއެސްސީން ބުނީ ތަހުގީގުގައި މެޖިސްޓްރޭޓް ހަސަން ދީދީއާއި ދެކޮޅަށް ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުނ އަންހެން މުވައްޒަފަކަށް ޖިންސީގޯނާ ކުރުމާއި ބަރަހަނާ މަންޒަރުތައް ހިމެނޭ ވީޑިއޯ ދެއްކުމާއި ގާނޫނާއި ހިލާފަށް ދަތުރު ކުރުމާއި ބިލުތައް ހެދުން ހިމެނެ އެވެ. އަދި ހަޑި ހުތުރު ބަހުން އެއްޗެހި ގޮވުމާއި ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ކުރުމުގެ ކުށް އިސް މެޖިސްޓްރޭޓު ހަސަން ދީދީގެ މައްޗަށް ސާބިތު ވެފައިވާ ކަމަށް ޖޭއެސްއެސް އިން މިއަދު ބޭއްވި ބައްދަލުވުމުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޖޭއެސްސީން ބުނެފައިވާ ގޮތުގައި މި މައްސަލަތަކާ ގުޅިގެން މިދިޔަ ޖުލައި 18 އަދި 23 ވަނަ ދުވަހު ހަސަން ދީދީ ތަހުގީގު ކޮމިޓީއަށް ހާޒިރުކޮށް، އޭނާގެ ބަހެއް ހޯދާފައިވާނެއެވެ.
މީގެ ކުރިން ޖޭއެސްސީން ބެލި ސުލޫކީ މައްސަލަތަކެއްގައި އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ވަނީ މަގާމުން ދުރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް