ޗައިނާއަށް އުފަންވެ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ބިރު ގައުމުތަކަށް ބޮޑުވަމުން ދާތީ ކްރޫޒް ލައިނާތައް ރާއްޖެ އައުން މަނާކޮށްފި އެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާނު ކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ. މިނިސްޓަރު އަމީން ވިދާޅުވީ ކްރޫޒް ލައިނާތައް ރާއްޖެ އައުމުގެ ހުއްދަ އަލުން ދޭނީ ކޮރޯނާ ވައިރަސްގެ ހާލަތު މިހާރު އޮތް ހާލަތަށްވުރެ ވަރަށް ބޮޑަށް ރަނގަޅު ވުމުން ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ އީރާނު މަގުން ރާއްޖެ އަންނަ މީހުންނާއި ސައުތް ކޮރެއާގެ ދެ ސިޓީއަކަށް އެތެރެވުމަށް ފަހު ރާއްޖެ އަންނަ މީހުން ވަނުން މަނާކޮށްފަ އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް