ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާއި ޚިލާފު ވޯކްޝޮޕް ތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ ލިބެމުންދާތީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން އެކަން ބަލަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިމަހުގެ ކުރީކޮޅު ހދ.ހަނިމާދޫގައި ކިއުލިއަމް ޖަމިއްޔާއިން ބޭއްވި ވޯކްޝޮޕެއްގައި އެރަށުގެ ސްކޫލްތަކުގެ ޓީޗަރުންނާއި ޖަމިއްޔާތަކާއި ސަރުކާރު މުއައްސަސާތަކުގެ ވެރިން ބައިވެރިކޮށް އިސްލާމް ދީނާއި މެދު ސުވާލު އުފައްދައި ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ދޭންޖެހޭ ކަމަށް ބުނެ ވާހަކަ ދައްކާފައިވާކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.
މި ވޯކްޝޮޕް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތެރިވެފައިވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ކަމަށް މައުލޫމާތު ލިބެއެވެ. މިވޯކްޝޮޕް ބޭއްވުމަށް އެ ޖަމިއްޔާގެ ފަރާތުން އައިސްފައިވަނީ ހަރިސް ރަފީޤް ނަމަކަށް ކިޔާ އިނގިރޭސި ރައްޔިތެކެވެ. އޭނާ އަކީ އިސްލާމްދީނުގެ ވަރަށް ގިނަ އަސްލުތައް އޮޅުވާލާ، މުސްލިމުންނަށް އިސްލާމް ދީނާއި ގުޅޭގޮތުން ނުރަނގަޅު މައުލޫމާތުތައް ދީ ވޯކްޝޮޕްތައް ބާއްވަމުން އަންނަ މީހެކެވެ. ހަމަ މި ޖަމިއްޔާއިން އައްޑޫ ސިޓީގައިވެސް މިފަދަ ވޯރކްޝޮޕް ތަކެއް ހިންގިކަމުގެ މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް