ރިޔާސީ ބަޔާނުގެ ޖަވާބު: ރައްޔިތުން ތިބީ މާޔޫސްވެފަ، ޔާމީން ދޫކޮށްލާ: ސަލީމް

މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަކާއި އެއްގޮތަށް އަމަލު ކުރަމުން ނުދާތީ ދިވެހި ރައްޔިތުން މިއަދު ތިބީ މާޔޫސްވެފައި ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ. ސަލީ...

26 Feb 2020 | 10:52

މި ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތަކާއި އެއްގޮތަށް އަމަލު ކުރަމުން ނުދާތީ ދިވެހި ރައްޔިތުން މިއަދު ތިބީ މާޔޫސްވެފައި ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުންނެވެ. ޖަވާބުދެއްވަން ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައި ހުންނެވީ ނުހައްގުން ކަމަށް ވިދާޅުވެ ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ސަލީމް މިއަދު ވިދާޅުވީ އިދިިކޮޅު ސިޔާސީ ލީޑަރު ޖަލަށް ލުމަކީ ޑިމޮކްރަަސީގެ ހަޔާތުގައި މި ސަރުކާރުން ފަހަަތަށް އެޅި ފިޔަަވަޅެއް ކަމަށެވެ. ރައީސް ޔާމީނަށް ހުކުމް އިއްވައި ޖަލަށް ލުމަކީ ވާދަވެެރި ސިޔާސީ ޕާޓީތަކަށް ކުރިމަތިކުރުވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެމަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވ ހަރުކަށި ފިކުރާއި ދީނީގޮތުުން ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ކުރީގެެ ރައީސް ޔާމީނުގެ ސަރުކާރުން ހަރުދަނާ ސިޔާސަތެއް ގެންގުޅުނު ކަމުގައިވިޔަސް މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ރަނގަޅު ނޫން ކަަމަށެވެ. އޭނާ ވިދާޅުވީ ފަހަކަށް އައިސް ހިނގަމުން އަންނަ ހާދިސާތަކަކީ އޭގެ ހެއްކެއް ކަމަށެވެ.

އެގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރައި ލާދީނީ ފިކުރާ ދެކޮޅަށް ގެންގުޅުނު ސިޔާސަތުތައް ބަދަލުވެ، ބަދަލު ހިފުުމުގެ ރޫހު އިސްކުރުމުގެ ސަބަބުން ރާއްޖެ އަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ ކަމުގެ ހެއްކަކީ ހުޅުމާލޭގައި ތިން ފަތުރުވެރިންނަށް ދިން ހަމަލާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ އެތައް ބަޔަކު ފާހަަގަވެފައި ވިޔަސް އެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސް ރައްޔިތުންގެ މެދުގައި ދައުރުވާ ފައިސާގެ އަދަދު މަދުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަަފާރިތަކަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށާއި ބައެއް ވިޔަފާރިތައް ބަނގުރޫޓް ވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް