ކުޑަކުއްޖަކަށް ޖިންސީގޯނާކުރި ބިދޭސިއަކު ހައްޔަރުކޮށްފި

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝް އަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނެފ...

26 Feb 2020 | 10:30

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝް އަށް ނިސްބަތްވާ 34 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ ނޯރތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ،އއ،އދ،ވ) ހިމެނޭ އަތޮޅުގެ ރަށަކުންނެވެ.

މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު 00:32 ހާއިރުކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނައިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން މި ފަދަ މައްސަލަތަކުގައި ކުދިންގެ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް