ގަމުން ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

ލ.ގަމުން ބަނގުރާ ފުޅިތަކެއް ހޯދައި މައްސަލައާއި ގުޅުންހުރި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 29 އަހަރު...

26 Feb 2020 | 10:05

ލ.ގަމުން ބަނގުރާ ފުޅިތަކެއް ހޯދައި މައްސަލައާއި ގުޅުންހުރި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 29 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށެވެ. މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކާރެއްގައި ބަނގުރާ އުފުލާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ގަމު މަތިމަރަދޫ އަވަށު މަގުމަތިންކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މީހުންތިބި ސަރަހައްދު ބަލައިފާސްކުރިއިރު، އެ ސަރަހައްދުގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިން ނުވަ ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް