މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ ޔުނިފޯމުގަަ ކެމެރާ (ބޮޑީ ކެމެރާ) ހަރުކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއީ އަޖުމަ ބެލުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި އޭނާ ވަނީ ކެމެރާ ހަރުކޮށްގެން މަގުމަތީގައި ޓްރެފިކް ބަލަހައްޓަމުންދާ ފުލުހުންތަކެއްގެ ފޮޓޯ އާންމު ކޮށްފައި އެވެ.
https://twitter.com/M_Hameedh/status/1232567885110755331
ހަމީދު ވިދާޅުވީ އެފަދަ ކެމެރާ ބޭނުން ކުރުމުން ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުވާ ކަމަށް ދައްކާ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ކެމެރާ ބޭރު ގައުމުތަކުގައި ފުލުހުން ބޭނުން ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ސަބަބުން ފުލުހުންނާއި އާންމުންނައި ދެމެދު ކުރެވޭ މުއާމަލާތްތައް ހިނގާފައިވާ ގޮތް ދެނެގަންނަން ފަސޭހަވާނެ އަޅާނެ ފިޔަވަޅުތަކާއި މެދު ގޮތެއް ނިންމުން އަވަސް ކުރެވޭނެ ކަމަށެވެ. އަދި ނަތީޖާއަށް ބަލައި ކުރިޔަށް އޮތްތާ މިފަދަ ކެމެރާ ފުލުހުންގެ ޔުނިފޯމުގައި ދާއިމީކޮށް ހަރުކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް