އުނގޫފާރު ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރ.އުނގޫފާރު ފުޓުބޯޅަދަނޑު ތަރައްޤީ ކުރުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި އުނގޫފާރު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ރަށު ފެންވަރުގައި ކުޅިވަރު އިންފްރާސްޓްރަކްޗާރ ޤާއިމް ކުރުމުގެ ...

26 Feb 2020 | 07:38

ރ.އުނގޫފާރު ފުޓުބޯޅަދަނޑު ތަރައްޤީ ކުރުމަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި އުނގޫފާރު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރަށު ފެންވަރުގައި ކުޅިވަރު އިންފްރާސްޓްރަކްޗާރ ޤާއިމް ކުރުމުގެ ގޮތުން ރ.އުނގޫފާރު ކައުންސިލުން ތަރައްޤީ ކުރުމަށް ނިންމާފައިވާ އެރަށު ފުޓުބޯޅަދަނޑުގެ މަސައްކަތް ކުރިޔަށް ގެންދިޔުމާ ގުޅޭގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނާއި އުނގޫފާރު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، މަޢުރޫފް އަހުމަދެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލް ނައިބް ރާއީސް، މުހައްމަދު އަފްލާހެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ އުނގޫފާރުގައި ކުޅިވަރު ކުރިއަރުވައި ތަރައްޤީ ކުރުމާއި، ރަށު ފެންވަރުގައި އިންފްރާސްޓްރަކްޗާ ތަރަޢްޤީ ކުރުމަށާއި، ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާނެ ކަސްރަތު، ކުޅިވަރުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަނާ އުނގޫފާރު ކައުންސިލުން ގުޅިގެން ފަހިކޮށްދީ ދެ ފަރާތުން ކުރެއްވެން ހުރި މަސައްކަތްތައް ކުރުމެވެ. އަދި ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދީ، ކާމިޔާބު ޕްރޮގްރާމްތަކެއް  ހިންގުމަށް ދެވެންއޮތް އެންމެހާ އެއްބާރުލުމެއް ދިނުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކާއި، ގޮތްތައް ކަނޑައެޅުން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް