ޖިހާދު އަތުން އެއް މިލިއަން ރުފިޔާ ހޯދަން ދައުލަތުން ދައުވާކޮށްފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ދައުލަތުން ދޫކޮށްފައިވާ ރެހެންދި ފްލެޓު ހުސް ނުކުރި މައްސަލައިގަ އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފި އެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޖިހާދުގެ މައްޗަ...

26 Feb 2020 | 07:31

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ދައުލަތުން ދޫކޮށްފައިވާ ރެހެންދި ފްލެޓު ހުސް ނުކުރި މައްސަލައިގަ އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ޖިހާދުގެ މައްޗަށް ދައުވާކުރީ، ދައުލަތުގެ މުދަލެއް ނުހައްގު ގޮތުގައި ބޭނުންކުރައްވައި، ނުހައްގު މުއްސަނދިކަން ހޯއްދަވާފައިވާތީ ކަމަށެވެ. ޖިހާދު އަތުން ދައުލަތުން ހޯދަން ދައުވާކޮށްފައިވަނީ ޖުމުލަ 1،109،227.36 ރުފިޔާ އެވެ.

އެއީ ރިޔާސީ ދައުރު ހަމަވުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވި އެޕާޓްމަންޓުގެ ކުއްޔާއި މެއިންޓަނެންސް ފީ އާއި ޔުޓިލިޓީ ފީއަށް ދައްކަން ޖެހޭ ފައިސާ ކަމަށް ބުނެ އެވެ. އޭޖީ އޮފީހުން ބުނީ ޖިހާދަށް ދޫކޮށްފައިވާ "ރެހެންދި 3" ގެ ދެ ފްލެޓް ހުސްކުރަން އެންގުމުން، އެ އަށް އަމަލު ކުރައްވައި، އެއް އަހަރާއި ތިން މަސް ވަންދެން އެމަނިކުފާނު އެ ތަން ބޭނުންކުރެއްވި އެވެ.

ޖިހާދަށް ސަރުކާރުން ދޫކުރި ފްލެޓް ދޫކޮށްލެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އޭޖީ އޮފީހުން މި މައްސަލަ ސިވިލް ކޯޓަށް ވެއްދީ މިއަދު އެވެ. އެ ދައުވާގައި އެދިފައިވަނީ އެ ފައިސާ އެއްފަރާ ދައުލަތަށް ދައްކަން އަމުރުކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް