ދިނާ ދެކޮޅު ޖަމިއްޔާތަކާއި ގުޅޭ ކަންބޮޑުވުމާއި އެކު އިލްމުވެރިން މަހުލޫފުގެ އަރިހަށް

އިސްލާމް ދީނަށް ފުރައްސާރަކޮށް ގޮންޖަހައި ދީނުގެ ހުކުމްތަކާއި ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ރާއްޖޭގެ ޖަމިއްޔާތަކާއި މެދު ހުރި ކަންބޮޑުވުންތަކާއި އެކު ދީނީ އިލްމުވެރިންގެ ޖަމިއްޔާއިން ޔޫތް މިނިސްޓަރު ...

26 Feb 2020 | 07:17

އިސްލާމް ދީނަށް ފުރައްސާރަކޮށް ގޮންޖަހައި ދީނުގެ ހުކުމްތަކާއި ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ރާއްޖޭގެ ޖަމިއްޔާތަކާއި މެދު ހުރި ކަންބޮޑުވުންތަކާއި އެކު ދީނީ އިލްމުވެރިންގެ ޖަމިއްޔާއިން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ބައްދަލު ކޮށްފި އެވެ.

އެ ޖަމިއްޔާއިން ބުނީ މި ބައްދަލުވުމަކީ އިސްލާމް ދީނާއި ދެކޮޅު ފިކުރުތައް ފަތުރާ ޖަމިއްޔާތަކާއި މެދު ހުރި ކަންބޮޑުވުތައް ފާޅުކޮށް އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިނިސްޓަރާއި އެކު ބޭއްވި ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ ތަފްސީލް ހާމައެއް ނުކުރެ އެވެ.

https://twitter.com/ilmugeGulhun/status/1232531749625663489

މި ބައްދަލުވުމުގައި ބައިވެރިވި އިލްމުވެރިންގެ ތެރޭގައި ގައުމީ ޔުނިވާސިޓީގެ ޝަރީއާ ފެކަލްޓީގެ ޑީން ޝެއިހް އަލީ ޒާހިރު ސައީދު ހިމެނިވަޑައިގެންނަވަ އެވެ.

އިލްމުވެރިން މަހުލޫފާއި ބައްދަލު ކުރައްވާފައި މިވަނީ ޔޫތް މިނިސްޓްރީން އިސްނަގައިގެން ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ ބިލާލް ފިލިޕްސް ދީނީ ދަރުސްދޭން ރާއްޖެ ގެންނަން އުޅެނިކޮށް އެމްޑީޕީ ވެރިންގެ ފިއްތުން ތަކާއި ހެދި އެކަން ހުއްޓާލަން ޖެހިފައިވާ ދަނޑިވަޅެއްގައި އެވެ. އެކަމަކު ދީނީ އިލްމުވެރިން ވަނީ މިނިސްޓަރަށް ހިތްވަރު ދެއްވާ މަހުލޫފުގެ އިސްނެންގެވުމަށް ޝުކުރު އަދާކޮށްފައި އެވެ.

މީގެ އިތުރުން އިސްލާމް ދީނާ ދެކޮޅު ރިޕޯޓެއް ނެރުނު އެމްޑީއެން އުވާލިފަހުން އެ ޖަމިއްޔާގެ ނަމުގައި ސޯޝަލް މީޑިއާގައި ޖަމިއްޔާ ހިންގުމުގައި ވެރިންގެ ގޮތުގައި ތިބި އަދި އެ ރިޕޯޓު ލިޔުނު މީހުން އިސްލާމް ދިނާ ދެކޮޅު ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް