ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ޞިއްޙީ ޙާލަތު ހުރިގޮތުންނާއި، ޑޮކްޓަރުންގެ ލަފާގެ މަތިން އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އާއިލާއިން އެދިއްޖެއެވެ.
ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލަކު ވިދާޅުވީ ޔާމީން އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ހަދާފައިވާ މެޑިކަލް ޓެސްޓުތަކުން އެމަނިކުފާނު ގެއަށް ބަދަލުކުރުމަށް ޢާއިލާއިން އެދިފައިވަނީ މީގެ ދެދުވަހެއް ކުރިންކަމަށެވެ.ނަމަވެސް މިމައްސަލާގައި އަދި މިހާތަނަށް އެއްވެސް އެއްޗެއް އަންގާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲވަނީ މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން ޔާމީންއާ ބައްދަލު ކުރައްވާފައެވެ. ޔަމީންގެ ސިއްހީ ޙާލަތާ ގުޅޭގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލަފާ ޢާއިލާއާ ޙިއްސާ ކުރައްވާފައިވާކަމަށް ހޯމްމިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ޓެސްޓު ހަދައި ފަރުވާދިނުމަށް ފަހު އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޔާމީން އައިޖީއެމްއެޗް ގައި އެޑްމިޓް ކުރީ މިދިޔަ ހަފްތާ ބުދަ ދުވަހު އެވެ.
ޔަމީންގެ ސިއްހީ ޙާލަތާ ގުޅޭގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލަފާ ޢާއިލާއާ ޙިއްސާ ކުރައްވާފައިވާކަމަށް ހޯމްމިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް