މާލޭގައި ރީ ރަޖިސްޓްރޭޝަންގެ ހަރަކާތްތަކެއް އީސީން ކުރިޔަށް ގެންދަނީ

ރަށްވެހިފައިވާ ރަށް ނޫން އެހެން ތަނެއްގައި ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ބޭނުން ވާ މީހުން ރީ ރަޖިސްޓްރީ ކުރުމުގެ ހަރަކާތްތަކެއް އިލެކްޝަންސް ކޮމިޝަނުން މާލޭގައި ފަށައިފި އެވެ. އީސީން ބުނީ މި ހަ...

26 Feb 2020 | 05:39

ރަށްވެހިފައިވާ ރަށް ނޫން އެހެން ތަނެއްގައި ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ބޭނުން ވާ މީހުން ރީ ރަޖިސްޓްރީ ކުރުމުގެ ހަރަކާތްތަކެއް އިލެކްޝަންސް ކޮމިޝަނުން މާލޭގައި ފަށައިފި އެވެ.

އީސީން ބުނީ މި ހަރަކާތް ފެށުމުގެ ގޮތުންް މިމަހުގެ22 ވަނަ ދުވަހު މާލޭ ނޯތް ހާބަރުގައި ރީ ރަޖިސްޓްރީ ކުރުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިއްޔެ ވެލާނާގޭ އިމާރާތުގެ ތިރީގައި ރީ ރަޖިސްޓްރީ ކުރުމުގެ ހަރަކާތް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ

ރަށްވެހިފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލުމަށް ހުޅުވާލާފައިވާ މުއްދަތު ހަމަވާނީ މާދަމާ އެވެ. އީސީން ބުނީ މިއަދުވެސް އިންތިހާބާއި ބެހޭ މައި އިދާރާއަށް އަވަހަށް ރީ ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލާ ތަން ބަދަލު ކުރުމަށް އަލުން ރަޖިސްޓްރީ ކުރަން ޖެހެނީ މިދިޔަ މަޖިލީސް އިންތިހާބުގައި ވޯޓުލީ ތަން ބަދަލު ކުރަން ބޭނުން ނަމަ އެވެ. އެކަމަކު ޖަލުތަކާއި ސިނާއީ ރަށްތަކާއި ރިސޯޓުތަކުގައި ވޯޓު ލުމަށް މަޖިލީސް އިންތިހާބުގައި ރަޖިސްޓްރީ ކުރި މީހުން ވޯޓުލާ ތަން އޮންނާނީ ރަށްވެހިފައިވާ ރަށަށް ބަދަލުވެފައި ކަމަށާއި އެމީހުން ޖެހޭނީ އަލުން އެހެން ތަނަކަށް ވޯޓުލާނަމަ ރީ ރަޖިސްޓްރީ ކުރަންށެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނެފައިވަނީ މިހާތަނަށް ރީ ރަޖިސްޓްރީކޮށްފައި ވަނީ27،000 މީހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް