ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވީ، ކޮމަންވެލްތުގެ ހުރިހާ ޤައުމެއް ހިމެނޭގޮތަށް އެކުލަ...

26 Feb 2020 | 04:58

ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ވިދާޅުވީ، ކޮމަންވެލްތުގެ ހުރިހާ ޤައުމެއް ހިމެނޭގޮތަށް އެކުލަވާލާ ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށްވެސް ލިބިފައިވާކަމަށެވެ. އެގޮތުން ކޮމަންވެލްތު ޔޫތު ކައުންސިލުގެ ޗެއަރޕަރސަން ކަމުގެ މަޤާމުވެސް ހިމެނޭހެން 9 މަޤާމަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮމަންވެލްތު ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ. ނުވަތަ ޒުވާނުންގެ ޤައުމީ މަޖިލީހުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށްވާންޖެހޭނެއެވެ. އަދި

މަޤާމުތަކަށް ކުރިމަތިލޭވޭނީ އުމުރުން 15 އަހަރާއި 27 އަހަރާދެމެދުގެ ޒުވާނުންނަށްކަމަށް  އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ދާއިރާތަކަށް ޝައުގުވެރިވާ ޒުވާނުން، އަޑީކާޑް ކޮޕީ، ސީވީ އަދި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީތަށް މާފަންނު އިޖްތިމާއީ މަރުކަޒު (ސޯޝިލް ސެނަޓަރ) އަށް ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.

ޔޫތު މިނިސްޓްރީން ވިދާޅުވީ، ކޮމަންވެލްތު ޔޫތު ކައުންސިލުގެ މަޤާމުތަކަށް ކުރިމަތިލުމަށް ޝަޢުގުވެރިވާ ޒުވާނުންނަށް އެ ފުރުޞަތު މިފެށޭ މާރޗުމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. ކޮމަންވެލްތު ޔޫތު ކައުންސިލަށް ހޮވޭ ފަރާތްތަކުން ޖޫން 20 ން 23 އަށް ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކޮމަންވެލްތު ޔޫތު ފޯރަމް )ސީ.ވައި.ސީ("ގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. އަދި ކޮމަންވެލްތު ޔޫތު ކައުންސިލްގެ އިންތިޚާބުވެސް މި ފޯރަމްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް