އަނގައިގަ އުފެދޭ ޖަރާސީމާއި ނުބައި ވަސް ކެނޑުވުމަށް ކޮންމެ ދުވަހަކު ގަވައިދުން ދެ ފަހަރު ދަތް އުނގުޅަން ދަތުގެ ޑޮކްޓަރުން އިރުޝާދު ދެއެވެ.
ދަތުގައި ރިއްސުމަކީ ހަށިގަނޑުގައި ވޭން އަޅާ ކަމެއްގެ އިތުރުން ބޮޑެތި ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އެގޮތުން ދަތެއްގައި މާ ބޮޑަށް ރިހުމުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް އަދި ނިއުމޯނިއާ ފަދަ ބަލިތައް ޖެހުމުގެ މަގުފަހިވެގެންދެ އެވެ.
އެހެންކަމުން ދަތްތައް ސާފުކޮށް ބެހެއްޓުމަކީ މުޅި ހަށިގަނޑުގެ ސާފުތާހިރު ކަމާއި ގުޅިފައިވާ ކަމެކެވެ.
އިންޑިއަން ޑެންޓަލް އެސޯސިއޭޝަނުން ހޯދި ހޯދުންތަކަކަށް ފަހު ބުނެފައިވަނީ ދުވާލު މަދުވެގެން ދެއިރު، ދެ މިނެޓު ވަންދެން ދަތް އުނގުޅަން ވާނެ އެވެ. ދަތް އުނގުޅުމަށް އިލްތިމާސް ކުރަނީ ހެނދުނާއި ރޭގަނޑު ނިދުމުގެ ކުރިންނެވެ. އެންމެ މަދުވެގެން ދެ މިނެޓު ދަތް އުނގުޅައިފި ނަމަ ދަތްތަކުގައި ހަރުލާފައި ހުންނަ ހުރިހާ ކާއެއްޗެހިތަކާއި ޖަރާސީމުތައް ދާނެ އެވެ.
ދަތް އުގުޅާއިރު ހުރިހާ ދަތެއްގައި ބުރުސް ހޭކުމަށާއި ދަތުގެ ބޭރަށް ނުފެންނަ ފުށުގެ އިތުރުން އާންމުކޮށް ކާއެއްޗެހި ހަފާ ދަތްތައް އުނގުޅަށް ސަމާލުކަން ދޭން ޖެހެ އެވެ.
ހެނދުނު ދަތް އުނގުޅުމާއި ގުޅޭގޮތުން އެ ޖަމިއްޔާއިން ބުނެފައިވަނީ އެންމެ ރަނގަޅީ ސައި ބޮއެގެން ދަތް އުނގުޅުން ކަމަށެވެ. އެކަމަކު ސައި ބޮއެ ނިމުމަށް ފަހު ގާތްގަނޑަކަށް15 ވަރަކަށް މިނެޓު މަޑު ކުރަން ވާނެ އެވެ. އެއީ ދަތުގައި ހަރުލާފައި ހުންނަ ދިޔާ އެއްޗެހިތައް ދާހާއިރަށެވެ. އެހެން ނޫންނަމަ ދަތްތަކުގައި ބުރުސް ހާކާ ވަރަކަށް އެ އެއްޗެހި ހުރިހާ ދަތްތަކަކަށް ފެތުރޭނެތީ އެވެ.
ދަތް އުގުޅުމުގައި މިއީ ސަމާލުކަން ދޭން ޖެހޭ މުހިންމު ކަމެކެވެ. ދަތްތައް ރީތިކޮށް ބަހައްޓަން ކާ ކޮންމެ ފަހަރު ދަތް ނޫނގުޅާށެވެ. އޭރުން ދަތްތައް ހަލާކުވެ، ބާރު ދެރަވުމުގެ އިތުރުން ހިރުގަނޑު ގިރުމުގެ ފުރުސަތު ވަރަށް ބޮޑު ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް