އަބީޝެކް ދެން ފެންނާނީ ފިލްމީ ކެރިއަރުގައި ކުޅޭ އެންމެ ވަރުގަދަ ރޯލުން!

އަބީޝެކް ބައްޗަށް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ސްކްރީނުން ފެންނާނީ އޭނާގެ ފިލްމީ ކެރިއަރުގައި ކުޅޭ އެންމެ ވަރުގަދަ ރޯލުން ކަމަށް ރިޕޯޓުތައް ބުނެފި އެވެ. "ބިކް ބުލް" ގެ ނަން ދީފައިވާ މި ފިލްމަ...

25 Feb 2020 | 19:31

އަބީޝެކް ބައްޗަށް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ސްކްރީނުން ފެންނާނީ އޭނާގެ ފިލްމީ ކެރިއަރުގައި ކުޅޭ އެންމެ ވަރުގަދަ ރޯލުން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

"ބިކް ބުލް" ގެ ނަން ދީފައިވާ މި ފިލްމަކީ1990 ގެ އަހަރުތަކުގައި އިންޑިއާގދ ނުފޫޒު ގަދަ ސްޓޮކް ބްރޯކަރެއް ކަމަށްވާ ހަރްޝަދް މެހެތާގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމެކެވެ. މި ފިލްމުގައި އަބީޝެކް ކުޅެނީ ހަރްޝަދް މެހެތާގެ ރޯލެވެ.

އިންޑިއާގެ ގުޖުރާތަށް އުފަން ހަރުޝަދަކީ ވިޔަފާރިއާ ގުޅުންހުރި އެތައް ކުށެއްކޮށްފައިވާ އަދި ބައެއް ކުށްތައް އޭނާގެ މައްޗަށް ސާބިތުވެފައިވާ މީހެކެވެ. އޭނާ މަރުވީ2001 ވަނަ އަހަރު އުމުރުން47 އަހަރުގައި އެވެ. އޭނާ މަޝްހޫރުވެ މުއްސަނދި ވެފައިވަނީވެސް ވިޔަފާރިއާ ގުޅުންހުރި ކަންކަމުގައި މަކަރާއި ހީލަތް ހަދައިގެންނެެވެ.

އަބީޝެކް ދަނީ ހަރްޝަދްގެ ރޯލު ކުޅެން ތައްޔާރުވުމުގެ ގޮތުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އޭނާގެ ގާތް މީހަކު މީޑިއާގައި ބުނެފައިވަނީ ހަރްޝަދާއި ގުޅޭ ވަރަށް ގިނަ ކަންކަން ދިރާސާ ކުރުމުގައި އަބީޝެކް ގިނަ ވަގުތުތަކެއް ހޭދަ ކުރަމުންދާ ކަމަށެވެ. އަދި ގުޖުރާތު މީހުން ވާހަކަ ދައްކާގޮތް ދަސް ކުރުމުގެ މަސައްކަތް އަބީޝެކް ކުރަމުންދާ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމުގައި ހަރްޝަދާއި ވައްތަރު ކުރުމަށް އަބީޝެކަށް ވަނީ ކޮންމެސް ވަރަކަށް ފަލަވުމަށްވެސް އަންގާފަ އެވެ.

"ބިގް ބުލް" އަކީ އަޖޭ ދޭވްގަން އާއި އާނަންދް ޕަންޑިތް ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މިއީ300 މިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން ހަދާ ފިލްމެކެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު22 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް