ކަންނެލި ދޯނި ހޯދަން އިންޑިއާ އާއި ލަންކާގެ އެހީއަށް އެދިއްޖެ

ގެއްލިގެން ހޯދަމުންދާ ކަންނެލި މަސްވެރިކަން ކުރާ ދޯނި ހޯދަން އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އެހީތެރި ކަމަށް އެދިއްޖެ އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ދުވަހަށް މ...

26 Feb 2017 | 10:01

ގެއްލިގެން ހޯދަމުންދާ ކަންނެލި މަސްވެރިކަން ކުރާ ދޯނި ހޯދަން އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ އެހީތެރި ކަމަށް އެދިއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ "ބްލޫ ފިޝް 1" ގެއްލިގެން ހޯދަމުންދާ ކަމުގެ މައުލޫމާތު އެ ދެ ގައުމުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަނާއި މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ދޯނި ހޯދުމުގައި އެހީތެރިވަމުންދާ ކަމަށެވެ.

އެ ދޯނި ގެއްލިފައިވަނީ 12 މީހުންނާއި އެކު އެވެ.

ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވަނީ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ. އޭރު ދޯނި އޮތީ ކ. ދިއްފުށީ ބޭރުގައި ކަމަށް ވެ އެވެ.

އެއީ ދިގު މިނުގައި 87 ފޫޓު ހުންނަ ދޯންޏެކެވެ. ދޯނީގެ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާއިރު، ގެގަނޑުގައި ލާފައިވަނީ ހުދު ކުލައިގެ ދަވާދެވެ.

އެމްއެންޑިއެފުން ބުނީ އެ ދޯނި ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ. އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުންނާއި އެނޫން ފަރާތަކުން “ބްލޫ ފިޝް 1” ދޯންޏާއި ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ  ކޯސްޓްގާޑަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް