ހޯދަމުން ދާ ކަންނެލި މަސްވެރިކަން ކުރާ ދޯނި އަދިވެސް ނުފެނޭ: އެމްއެްޑީއެފް

މިދިޔަ ހުކުރު ދުވަހުން ފެށިގެން ގެއްލިގެް ހޯދަމުން ދާ ކަންނެލި މަސްވެރިކަން ކުރާ ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. ގެއްލިގެން ހޯދަމުން ދަނީ 12 މީހުންނާއި އެކު މަސްވެރިކަމަށް ...

26 Feb 2017 | 05:51

މިދިޔަ ހުކުރު ދުވަހުން ފެށިގެން ގެއްލިގެް ހޯދަމުން ދާ ކަންނެލި މަސްވެރިކަން ކުރާ ދޯނި އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ 12 މީހުންނާއި އެކު މަސްވެރިކަމަށް ނުކުތް “ބްލޫ ފިޝް 1” ނަމަކަށް ކިޔާ ދޯންޏެ އެވެ.

އެމްއެންޑިއެފުން ބުނީ އެ ދޯނި ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.

ދޯނީގެ ވެރިފަރާތާއި ހަވާލާ ދީ އެމްއެންޑީއެފުން ބުނެފައިވަނީ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ. އޭރު ދޯނި އޮތީ ކ. ދިއްފުށީ ބޭރުގައި ކަމަށް ވެ އެވެ.

އެއީ ދިގު މިނުގައި 87 ފޫޓު ހުންނަ ދޯންޏެކެވެ. ދޯނީގެ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާއިރު، ގެގަނޑުގައި ލާފައިވަނީ ހުދު ކުލައިގެ ދަވާދެވެ.

އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުންނާއި އެނޫން ފަރާތަކުން “ބްލޫ ފިޝް 1” ދޯންޏާއި ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ  ކޯސްޓްގާޑަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް