ޕީޕީއެމް ޖަލްސާއަކާއި ދެކޮޅަށް ލިޔުންތަކެއް އެޅި ފުލުހުން ވަޒީފާއިން ވަކިކޮށްފި

ވެރިކަން ކުރާ ޕީޕިއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ނޮވެމްބަރުގައި ބޭއްވި "އަސްލު ޖަލްސާ" އަށް ދާން އެންގުމުން އެކަމާއި ދެކޮޅަށް އިސްކަންދަރު ކޮށްޓަށް ލިޔުންތަކެއް އެޅި ދެ ފުލުހަކު ވަ...

26 Feb 2017 | 05:38

ވެރިކަން ކުރާ ޕީޕިއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ނޮވެމްބަރުގައި ބޭއްވި "އަސްލު ޖަލްސާ" އަށް ދާން އެންގުމުން އެކަމާއި ދެކޮޅަށް އިސްކަންދަރު ކޮށްޓަށް ލިޔުންތަކެއް އެޅި ދެ ފުލުހަކު ވަޒީފާއިން ވަކިކޮށްފި އެވެ.

މިކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ފުލުހުން ވަނީ އެ ދުވަސްވަރު ހައްޔަރުކޮށްފައި އެވެ. މި މައްސަލައިގަ ވަޒީފާއިން ވަކިކޮށްފައިވަނީ ދެ ކޯޕްރަލް އެކެވެ.

އިސްކަންދަރު ކޮށީ ތެރެއަށް އަޅާފައިވާ އެ ލިޔުންތަކުގައި ބުނެފައިވަނީ ސަރުކާރުން ހިންގާ ސިޔާސީ ކަންކަމުގައި ފުލުހުން ނުބެއްސުމަށް އެދޭ ކަމަށެވެ. އަދި ފުލުހުންނަކީ ސަރުކާރުގެ ސިޔާސީ އެޖެންޑާ ދިފާއު ކުރަން ތިބި ބައެއް ނޫން ކަމަށްވެސް އެ ލިޔުންތަކުގައި ވެ އެވެ.

އިތުރަށް ބުނެފައިވަނީ ފުލުހުންގެ ތެރެއިން މަގު އޮޅިފައި ތިބި ބަޔަކަށް ފައިސާގެ ދަޅަ ދައްކައިގެން ގާނޫނާ ހިލާފު ކަންކަން ކުރުވުން ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ.

އެ ޖަލްސާގައި ޕީޕިއެމްއަށް ތާއިދު ކުރާ ގިނަ ބަޔަކު ބައިވެރިވާނެކަން އެ ދުވަސްވަރު ޕީޕިއެމްގެ އިސްވެރިން ވިދާޅުވި އެވެ. އެކަމަކު އެ ޖަލްސާއަށް ސަރުކާރު މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ގެންދިޔައީ ގަދަކަމުން ކަމަށް އެމީހުން ބުނެފައިވެ އެވެ. އަދި އަތޮޅުތަކުން މީހުން ގެނައީ ފްލައިޓުތައް ޗާޓާ ކޮށްގެންނާއި ފައިސާ ދީގެން ކަމަށް ބުނެ އަޑުތައް ފެތުރުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް