މާލޭގައި ހަށިވިއްކަމުންދިޔަ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފި

މާލޭގެ ގެއެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަރަކު ވިދާޅުވީ އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ ރޭ 9:00 ހާއިރު ގަލ...

26 Feb 2017 | 05:12

މާލޭގެ ގެއެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަރަކު ވިދާޅުވީ އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ ރޭ 9:00 ހާއިރު ގަލޮޅު ގެއަކުން ކަމަށެވެ.

"މާރާމާރީގެ މައްސަލައަކާއި ގުޅިގެން ބަޔަކު ހައްޔަރުކުރުމަށް ގަލޮޅު ގެއަކަށް ފުލުހުން ދިޔައިރު، އެ ގޭގެތެރޭގައި ހަށިވިއްކުމުގެ ވިޔަފާރި ހިނގަމުންދާކަން ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ އަންހެންމީހާ ހައްޔަރުކުރީ" ފުލުހުންގެ މީޑިއާ އޮފިޝަރު ވިދާޅުވި އެވެ.

މީޑިއާ އޮފިޝަރު އިތުރަށް ވިދާޅުވީ އެ ގެއިން އެ އަންހެންމީހާ ހައްޔަރުކޮށްފައިވާއިރު، މާރާމާރީގެ މައްސަލައިގާ ހިމެނޭ ދެމީހަކުވެސް ހަމަ އެގެއިން ހައްޔަރުކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް