ބަރަހަނާ ވީޑިއޯ އާންމުވި ފުލުހުންގެ އޮފިސަރު ވަޒީފާއިން ވަކިކޮށްފި

ބަރަހަނާ ވީޑިއޯ އާންމުވި ލ. ގަން ޕޮލިސް ސްޓޭޝަން އިންޗާޖު ވަޒީފާއިން ވަކިކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ އޭނާ ވަޒީފާއިން ވަކި ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އިތުރު ތަފްސީލެއް...

26 Feb 2017 | 03:30

ބަރަހަނާ ވީޑިއޯ އާންމުވި ލ. ގަން ޕޮލިސް ސްޓޭޝަން އިންޗާޖު ވަޒީފާއިން ވަކިކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ އޭނާ ވަޒީފާއިން ވަކި ކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއީ އެ ފުލުސް މީހާގެ ފަރާތުން މިފަދަ އަމަލެއް ފެނުނު ދެވަނަ ފަހަރެވެ.

މީގެ ކުރިން  ގއ. ވިލިނގިލީގައި ހިލޭ އަންހެނަކު ގޮވައިގެން އަނދިރި ގަނޑެއްގައި ހުއްޓަ ބަޔަކު ވަނީ އޭނާ ނެރެފައި އެވެ. އެކަމަކު އެ މައްސަލަ ފުލުހުން ބެލި ކަމެއް ނޭނގެ އެވެ.

އެ މައްސަލަ އާންމުވުމާއި ގުޅިގެން ފުލުހުން ވަނީ ވަޒީފާއިން ވަކި ކުރުމުގެ ކުރިން އޭނާ މަސައްކަތުން އެކަހެރިކޮށް މާލެ ގެނެސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް