ވިހާ ވަގުތަކީ އަންހެނުންނަށް އަންނަ ތަފާތު ވަގުތެއް، އެކަމަކު މިހެން ވާކަށް ބޭނުމެއް ނުވާނެ!

އިނގިރޭސިވިލާތުގައި ދެމަފިރިއަކު ދެ ވަނަ ދަރިފުޅު ލިބޭތީ ތިބީ ވަރަށް އުފަލުންނެވެ. އަންހެން މީހާ ޖެހުނީ ސިޒޭރިއަން ހަދާށެވެ. ސިޒޭރިއަން އަށް ފަހު ކުއްޖާގެ ނެގި އިރު ދަރިފުޅުގެ ހާލު ރަނގަޅެވެ. އެކަމަކު...

26 Feb 2017 | 03:18

އިނގިރޭސިވިލާތުގައި ދެމަފިރިއަކު ދެ ވަނަ ދަރިފުޅު ލިބޭތީ ތިބީ ވަރަށް އުފަލުންނެވެ.

އަންހެން މީހާ ޖެހުނީ ސިޒޭރިއަން ހަދާށެވެ. ސިޒޭރިއަން އަށް ފަހު ކުއްޖާގެ ނެގި އިރު ދަރިފުޅުގެ ހާލު ރަނގަޅެވެ. އެކަމަކު ދެން ވީ މާ ދެރަ ކަމެކެވެ.

އަންހެން މީހާ ހޭ ހޭ އެރުމުން ދަރިފުޅު ކައިރިއަށް ގެންދިއުމުން އަންހެން މީހާ ވަނީ އެއީ އޭނާ ދަރިއެއް ނޫން ކަމަށް ބުނެފައި އެވެ. އަދި ދަރިފުޅު ގަބޫލު ކުރުމަށް ދެކޮޅު ހެދި އެވެ. އެވަރުން ނިމުނީއެއް ނޫނެވެ. އޭނާ ވިހޭކަންވެސް ހަނދާން ނެތް އިރު ބަނޑުބޮޑުވިކަންވެސް ހަނދާން ނެތެވެ.

އޭނާ އެއީ ކާކުކަންވެސް ހަނދާނެތް ނެތެވެ. އުޅޭ ތަނެއްވެސް ނޭނގެ އެވެ.

މިހާރު ވިހޭ ފަހުން 10 ދުވަސްވެފައިވާއިރު އަދިވެސް އޭނާ އެއްވެސް އެއްޗެއް ހަނދާނެއް ނެތެވެ. އަންހެން މީހާ ބުނީ އޭނާ އެ ކުއްޖާ ބަލަނީ ދޮށީ ދަރިފުޅު ކުއްޖާ ދެކެ ލޯބިވާތީ އާއި އޭނާ ކުޑަކުދިން ދެކެ ވާލޯބީގެ ބޮޑު ކަމުން ކަމަށެވެ. އަދި އެ ދެ ކުދިންނަކީ އޭނާގެ ކުދިން ކަމަށް ބުނާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް