ރަފަޙް ބޯޑަރު ސަރަހައްދު -
ޣައްޒާ މަސްރަޙަށް ބަލައިލާއިރު ރާއްޖޭ ގަޑީން
ބަލަނީނަމަ މިއަދު ހަވީރު 04:22 ހާއިރު މިވަނީ ޚާއްޞަ ކަމެއް ހިނގާފައެވެ. އެއީ ހަމާސްއިން
ގެންދިޔަ އަސީރުންގެ ތެރެއިން އިސްރާއީލާ ހަވާލު ނުކުރެވި ވާ ހަމައެކަނި އަސީރުގެ
ހަށިގަނޑުގެ ބައިތައްވެސް އިސްރާއީލާ ހަމާސް އިން ހަވާލު ކުރުމެވެ.
އެހެންކަމުން ހަމާސް – އިސްރާއީލު ސުލްހައިގެ މަގުޗާޓުގެ
ފުރަތަމަ މަރްޙަލާ މިއަދު އެކުގައި ފުރިހަމަވީއެވެ. ދެން ދެވަނަ މަރްޙަލާ
ރަސްމީކޮށް ފެށުނީ ކަމުގައި ބެލުމުގެ ފުރުޞަތު އެބަ އޮތެވެ.
ދެވަނަ މަރްޙަލާގައި އެންމެ އިސްކަމެއް ދޭނެ އެއް
ކަމެއް ކަމަށް ބެލެވެނީ ރަފަޙް ބޯޑަރު ހުޅުވައިލުމެވެ. އޭރަށް ޣައްޒާގައި ތާށިވެފައިވާތިބި
އާންމުންނަށް މިސްރަށް ވަދެ ނިކުތުމުގެ ދޮރު ހުޅުވިގެންދާނެއެވެ. އިންސާނީ އެހީ
ފުޅާ ދާއިރާއެއްގައި ޣައްޒާއަށް އެތެރެވުމުގެ ދޮރުވެސްމެއެވެ.
ދެވަނަ މަރްޙަލާގައި އެންމެ އިސްކަމެއް ދޭނޭ ދެވަނަ
ކަމަކަށް ވާނީ ހަމާސް ޖަމާޢަތުން ހަތިޔާރާއި ބާރު ދޫކޮށްލުމެވެ. އަދި އިސްރާއީލުގެ
ފައުޖުތައް ފަހަތައް ޖެހުމާއި ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތްތައް
ފެށިގެން ދިއުމެވެ.
ބަރަކާތްތެރި ރަމަޟާން މަސް ފެށެން ގާތްވެފައިވާ މި
ދަނޑިވަޅުގައި ޣައްޒާއަށް ކޮންމެވެސް މިންވަރެއްގެ އާރޯކަމެއް އައުމުގެ އުންމީދު ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް