އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު، ޓޯނީ ބްލެއަރ -
ހަމާސް-އިސްރާއީލު ހަނގުރާމަ މެދުކަނޑާލައި ދާއިމީ
ސުލްހައިގެ ޕްލޭނަކަށް މަސައްކަތް ކުރަމުން އަންނައިރު އެ ޕްލޭންގެ ކަންކަން ރަނގަޅަށްދޭތޯ
ބެލުމަށް ކޮމިޓީއެއް އެކުލަވާލައި އެ ކޮމިޓީގެ މެންބަރުން އިޢުލާނުކޮށްފިއެވެ.
އެ ކޮމިޓީގައި ހިމެނެނީ އެމެރިކާގެ ސެކްރެޓަރީ އޮފް
ސްޓޭޓް އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މާކޯ ރޫބިއޯ އާއި ވައިޓްހައުސްގެ
މިޑްލްއީސްޓް އެންވޯއީ ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަނބިދަރި ޖަރެޑް ކްރުޝްނާ
އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އާއި މޭޖަރ ޖެނެރަލް
ޖެސްޕަރ ޖެފާސް އާއި ތުރުކީގެ ޚާރިޖީ ވަޒީރު ހަކަން ފިދާން އާއި ޤަތަރުގެ ޑިޕްލޮމެޓެއް
ކަމުގައިވާ އަލީ އަލް-ތަވާދީ އާއި މިސްރުގެ އިންޓެލިޖަންސް އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލް
ހަސަން ރަޝާދާއި އެކުވެރި އަރަބި އިމާރާތުގެ ކެބިނެޓް މިނިސްޓަރު އަލް-ހާޝިމީ އާއި
ވޯލްޑް ބޭންކްގެ ރައީސް އަޖޭ ބަންގާ އާއި އެމެރިކާގެ އެސެޓް މެނޭޖްމަންޓް ފާމެއް ކަމުގައިވާ
އެޕޯލޯ ގްލޯބަލްގެ ކޯ ފައުންޑަރ، ޗީފް އެގްޒެކެޓިވް އަދި ޗެއާމަން މާކް ރޮވާން
އާއި ނެދަލޭންޑްގެ ކުރީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ސިގްރިޑް ކާގް އާއި
ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ޕޮލިސީ އެޑްވައިޒަރު ރޮބަޓް ގެބްރިއެލް އާއި
އިސްރާއީލުގެ ބިލިއަނަރު ޔާކިރް ގަބޭ އާއި ބަޖްގޭރިއަންގެ ސިޔާސީ އިސް ފަރާތެއް
ކަމުގައިވާ ނިކޮލޭ ލަޑެނޮވް އާއި ކޮމިޓީގެ ވެރިއެއްގެ ގޮތުގައި ފަލަޟްޠީނުގެ
ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަލީ ޝާތެވެ.
ވައިޓްހައުސް އިން އިޢުލާނުކޮށްފައިވާގޮތުގައި
މިހާރު މިވަނީ ސުލްޙަ ގާއިމުކުރުމުގެ ދެވަނަ މަރުޙަލާ ފެށިފައެވެ. މި މަރުޙަލާގައި
ޣައްޒާގެ އިދާރީ ކަންކަން ބެލެހެއްޓުމަށް އިދާރީ ބައެއް އެކުލަވައިލުމާއި ކޮމިޓީ
އެކުލަވައިލުމާއި އަދި ދުނިޔޭގެ ބައެއް ލީޑަރުން ހިމެނޭހެން "ބޯޑް އޮފް
ޕީސް" އެކުލަވައިލުމާއި އެއަށްފަހު ހަމާސް އިން ހަތިޔާރާއި ބާރު ދޫކޮށްލުމާއި
ޣައްޒާ އާރާސްތުކުރުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް