N/A
ހަމާސް-އިސްރާއީލު ހަމަލަތައް ހުއްޓާލައި ސުލްޙައިގެ
މަގުޗާޓުގެ ދެވަނަ މަރުޙަލާގެ ދަށުން ރަފަޙް ބޯޑަރު މިއަދު ހުޅުވާލައިފިއެވެ.
ރާއްޖޭ ގަޑީން ބަލަނީނަމަ މިއަދު ހެނދުނު 10:00
ހާއިރު އެ ބޯޑަރު ހުޅުވައިލީ އެ ބޯޑަރަށް ބޭނުންވާ އިދާރީ އިންތިޒާމުތައް
އެކަށައެޅުމަށް ޓެސްޓް މަރުޙަލާއެއްގެ ގޮތުންނެވެ.
މިއަދު ބަޔަކަށް ބޭރުވެވި އެތެރެވެވުނުކަން ކަށަވަރު
ނުކުރެވުނު ނަމަވެސް މާދަމައިން ފެށިގެން ދުވާލަކު 150 މީހަކަށް ޣައްޒާއިން
މިސްރަށް އަދި މިސްރުން ޣައްޒާއަށް 50 މީހަކަށް އެތެރެވެވޭނެއެވެ. ޣައްޒާގެ ޞިއްޙަތާއިބެހޭ
ވުޒާރާއިން ފާހަގަކުރާގޮތުގައި މަދުވެގެން 20 ހާހެއްހާ މީހުން އިތުރު ފަރުވާއަށް ޣައްޒާއިން
ބޭރުވުން މުހިންމެވެ. އަނެއްކޮޅުން ޣައްޒާއަށް މިސްރު ފަޅީން އެތެރެވާން ބޭނުންވާ
80 ހާހަށްވުރެ ގިނަ ރައްޔިތުން ތިބިކަން ފާހަގަކުރެއެވެ.
މާދަމާއިން ފެށިގެން އެތެރެވެވޭ ޢަދަދަކީ 50 އަށް
ވެފައި ބޭރުވެވޭ ޢަދަދަކީ 150 އަށް ވި ނަމަވެސް ސުލްޙައިގެ މަރުޙަލާތައް ކުރިއަށްދާ
މިންވަރަކުން އެ ޢަދަދަށް ބަދަލުއައުން އެކަށީގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް