ރަފަހް ކްރޮސިންގ ސަރަހައްދު -
ހަމާސް – އިސްރާއީލުގެ ސުލްހައިގެ މަގުޗާޓުގެ ދެވަނަ
މަރްޙަލާގެ ދަށުން މިއަދުގެ ވަގުތެއްގައި މަދު ވަގުތުކޮޅަކަށް ނަމަވެސް ރަފަހް
ބޯޑަރު ހުޅުވައިލާނެއެވެ.
އެހެންނަމަވެސް ފަހު ވަގުތުގައިވެސް ވަރުގަދަ
ހަމަލަތަކެއް ދީ އިއްޔެ މިވަނީ 30 މީހަކު ޝަހީދުކޮށްލާފައެވެ.
މިއީ ހމަލަ ބަދަލުކުރުން މެދު މެދުކަނޑާލިފަހުން
ދިން އެންމެ ވަރުގަދަ ހަމަލަކަން ފާހަގަކޮށްލެވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ހަމަލަތައް
އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގެ އެޕާޓްމަންޓަކަށާއި ޚާން ޔޫނިސްގެ ޓެންޓު
ކޭމްޕަކަށާއި ޣައްޒާ ސިޓީގެ ޕޮލިސް ސްޓޭޝަނަކަށެވެ.
އިސްރާއީލުން ބުނެފައިވަނީ ހަމަލަތައް ދިނީ ހަމާސް
އިން ސުލްހައިގެ އެއްބަސްވުމާ ޚިލާފުވާތީ ކަމަށެވެ.
މިއަދުގެ ވަގުތެއްގައި ރަފަހް ބޯޑަރު މަދު
ވަގުތުކޮޅަކަށް ނަމަވެސް ހުޅުވައިލާނެއެވެ. ނަމަވެސް އެއީ ޓްރަޔަލްއެއްގެ
ގޮތުންނެވެ.
ސުލްހައިގެ މަގުޗާޓުގެ ފުރަތަމަ މަރުޙަލާ ނިމި ދެވަނަ
މަރުޙަލާ މިހާރު ފެށިފައިވާއިރު ދެވަނަ މަރުޙަލާގައި ހަމާސް އިން ހަތިޔާރާއި ބާރު ދޫކޮށްލާނެއެވެ.
އިސްރާއީލުގެ ފައުޖުތައް ފަހަތައް ޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް