އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ރައީސް ނަޝީދުގެ ކެމްޕޭނު ނިންމާ ޖަލްސާ މިރޭ ކުރުކޮށްލީ ސެކިއުރިޓީ ތުރެޓެއް އޮތުމުން ކަމަށް ބުނި ނަމަވެސް އެކަމުގައި ހަގީގަތެއް ނެތްކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ސެކިއުރިޓީ ތުރެޓެއް އޮތް ކަމުގެ މައުލޫމާތެއް އެމްއެންޑީއެފުން ރައީސް ނަޝީދަށް ހިއްސާކޮށްފައެއް ނުވެއެވެ.
ނަމަވެސް ބައެއް މީޑިއާތަކަށް ރައީސް ނަޝީދުގެ އަރިސް ބައެއް ފަރާތްތަކުން މައުލޫމާތުދެމުން ބުނެފައިވަނީ ކެމްޕޭނު ޖަލްސާ ކުއްލިއަކަށް ކުރުކޮށްލަން ޖެހުނީ ރައީސް ނަޝީދަށް ސެކިއުރިޓީ ތުރެޓެއް އޮތުމުންނެވެ.
އެހެންނަމަވެސް އެއީ ސިޔާސީ ސްޓަންޓެއް ކަމުގައި ބެލެވޭ ކަމަށާއި އެ ސަރަހައްދުގައި ޕީޕީއެމްގެ ސަޕޯޓަރުން ގިނަކަން ފާހަގަކުރެވުން ފިޔަވާ އިތުރު ކަމެއް އަދި އިތުރު ކަމެއް އަދި އިތުރު ތުރެޓެއްވެސް ނެތްކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ގިނަ ބަޔަކާއެކު ފެށި އެ އިވެންޓްގައި ރައީށް ނަޝީދު ވާހަކަފުޅު ދައްކަވަމުންގޮސް ވަކި ހިސާބަކުން ވާހަކަފުޅު ކުރުކޮށްލެއްވުމަށްފަހު ރައީސް ނަޝީދުވަނީ އެ ސަރަހައްދު ދޫކުރައްވައި ސެކިއުރިޓީއާއެކު އެ ސަރަހައްދުން ވަޑައިގެންފައެވެ.
މިކަން މިހާރު ފުލުހުންވެސް ވަނީ ދޮގުކޮށްފައެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދު މިރޭ ބޭއްވެވި ކެމްޕެއިން ޖަލްސާ ކުރުކޮށްލައްވަންޖެހޭ ފަދަ ސަލާމަތީ ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު ފުލުހުންގެ ޚިދުމަތަށް ލިބިފައި ނުވާކަމަށާއި އަދި އެފަދަ މަޢުލޫމާތެއް އެމް.އެން.ޑީ.އެފްއަށް ލިބިފައިވޭތޯވެސް ފުލުހުންގެ ޚިދުމަތުން ސާފުކުރުމުން، އެފަދަ ކަމެއް ނެތް ކަމުގެ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދީފައިވާކަމަށެވެ. ބައެއް ނޫސްތަކުން އެފަދައިން ރިޕޯޓުކޮށްފައިވަނީ އެފަދަކަމެއް އުޅޭތޯ މިޚިދުމަތުން މައުލޫމާތު އޮޅުންފިލުވުމާކާއި ނުލާކަން ފާހަގަކުރާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް