ވަގެއްވެސް ނުހެދޭނެ، ވޯޓު އޮޅުވައެއްވެސް ނުލެވޭނެ، ވާނީ މޮޅު: ރައީސް ނަޝީދު

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ވަގެއްވެސް ނުހެދޭނެ ކަމަށާއި ވޯޓު އޮޅުވައެއްވެސް ނުލެވޭނެ ކަމަށާއި ވާނީ މޮޅު ކަމުގައި އެ އިންތިހާބުގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަ...

26 Jan 2023 | 17:18

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ވަގެއްވެސް ނުހެދޭނެ ކަމަށާއި ވޯޓު އޮޅުވައެއްވެސް ނުލެވޭނެ ކަމަށާއި ވާނީ މޮޅު ކަމުގައި އެ އިންތިހާބުގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ކެމްޕޭނުގެ ފަހުގެ ޖަލްސާގައި މިރޭ އާޓިފިޝަލް ބީޗުގައި އެއްވެ އޮތް ބޮޑު ކްރައުޑާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ މަސައްކަތް ކުރަނީ އެމްޑީޕީ އަނބުރާ އެމްޑީޕީއަށް ހޯދުމަށް ކަމަށާއި މިހާރު ތަންފީޒުކުރަނީ އިއްތިހާދުގެ ސިޔާސަތެއް ކަމުން ރައްޔިތުންނަށް މަންފާއާއި ފައިދާ ނުކުރާ ކަމަށެވެ.

"ވާދަވެރިން މުޅި ދައުލަތާ، ސަރުކާރު ކުންފުނިތަކާ ހުރިހާ ވަސީލަތްތަކާއެކު ހިސާބުކުރެއްވީ އަޅުގަނޑުމެން ކާމިޔާބު ނުކުރާނެ ކަމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ކެމްޕޭނުގެ ފަހު ޖަލްސާގައި ކެމްޕޭނުގެ ރަސްމީ ލަވަޔާއެކު އިއްވަމުންގެންދެވީ އެމަނިކުފާނަށް ޕްރައިމަރީ ކާމިޔާބު ކުރެވި ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކުރެވިއްޖެނަމަ ކޮށްދެއްވާނެ ކަންތައްތަކުގެ ވާހަކަފުޅުތަކެވެ.

އެގޮތުން ބޭނާ މަސްކޮޅު ވަގުތުން ކިރާ ފައިސާ ލިބޭނެ ކަމަށާއި ދަރިވަރުންގެ ލޯނު އަނބުރާ އެކުލަވާލަދެއްވާނެ ކަމަށާއި ތަކެތީގެ އަގު ތިރިކުރެވި ދިރިއުޅުން އުޖާލާ ވާނެ ކަމަށާއި 17 ރުފިޔާއަށް ހުރި މަސް ކިލޯ 25 ރުފިޔާއަށް އުފުލޭނެ ކަމަށާއި ޓެކްސް ކުޑަކުރެވޭނެ ކަމަށާއި ގޭގެ ކުލި ލިބޭ އާމްދަނީގެ 65 އިންސައްތައަށްވުރެ ބޮޑު ނުވާނެ ކަމުގައި ވިދާޅުވިއެވެ.

އަދި ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށްދޭނެ ކަމަށާއި ޒުވާނުންނަށް އަޅާލެވި ދެވަނަ ފުރުސަތެއް ދެވި ޑްރަގުގެ ވަބާއިން ޒުވާނުން ވީއްލަދޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް