މާދަމާއިން ފެށިގެން ވިލިމާލޭގައި 24 ގަޑިއިރު ބަހުގެ ޙިދުމަތް ދޭން ފަށަން އެމްޓީސީސީން ނިންމައިފި އެވެ.
މިބަދަލަކީ އާންމުންގެ އެދުމުގެ މަތިން ޙިދުމަތް ރަނގަޅުކޮށްލުމަށް ގެނެވުނު ބަދަލެއްކަމުގައި އެމްޓީސީސީ އިން ބުނެއެވެ. މިބަދަލުތަކަކީ ވިލިމާލޭގައި އާރްޓީއެލް ބަހުގެ ޙިދުމަތް ދޭން ފެށުނު ފަހުން އެއްކުރެވުނު މައުލޫމާތުތަކާއި އާއްމުންގެ އެދުންތަކަށް ރިއާޔަތްކޮށް ޙިދުމަތަށް ގެނެވުނު ބަދަލެކެވެ.
24 ގަޑިއިރު ބަހުގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިހު 5:30 ން ފެށިގެންނެވެ.
ހިދުމަތްދޭ ވަގުތަށް ބަދަލު ގެނައުމުގެ އިތުރުން ވިލިމާލޭގެ 13 ވަނަ ބަސް ރޫޓަށްވެސް އިތުރު ބަދަލުތަކެއް ގެނެވިފައިވާ ކަމުގައި އެމްޓީސީސީ މައުލޫމާތުދެ އެވެ.
އެމްޓީސީސީއިން ވިލިމާލޭގައި އާރްޓީއެލް ގެ ޙިދުމަތް ފަށައިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. ފުރަތަމަ ދެ ހަފްތާގައި މި ހިދުމަތް ހިލޭ ދޭއިރު އެމްޓީސީސީން ބުނީ މިހާރު ކޮންމެ ދުވަހަކު 8،000 އަށްވުރެ ގިނަ މީހުން ބަހުގެ ހިދުމަތް ބޭނުން ކުރާ ކަމަށެވެ.
އެކުންފުނިން ވިލިމާލޭގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޙިދުމަތް ފޯރުކޮށްދެމުން ދަނީ ތިމާވެއްޓާއި ރައްޓެހި އީވީ ބަސްތަކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް