ނައިބު ރައީސް ބައިވެރިވެ ވަޑައިގެންނެވި ހަފްލާއެއްގެ ތެރެއަށް ހިޔާ ފްލެޓަކުން ފެންކޮތަޅު އުކައިފި

ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގެންނެވި ހަފްލާއެއްގެ ތެރެއަށް ހިޔާ ފްލެޓަކުން ފެންކޮތަޅުތަކެއް އުކައިފި އެވެ. ނައިބު ރައީސް މިއަދު ބައިވެރިވެވަޑައިގެންނެވީ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ސަ...

26 Jan 2023 | 16:14

ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގެންނެވި ހަފްލާއެއްގެ ތެރެއަށް ހިޔާ ފްލެޓަކުން ފެންކޮތަޅުތަކެއް އުކައިފި އެވެ.

ނައިބު ރައީސް މިއަދު ބައިވެރިވެވަޑައިގެންނެވީ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ސަރަހައްދުގައި ހުޅުމާލޭ ހޮސްޕިޓަލުން ހުޅުވި ޖެނެރަޕް ޕްރެކްޓިކް ކްލިނިކް ތރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި އެވެ. އެ ކްލިކް ހުޅުވާފައިވަނީ ހިޔާ ޓަވަރު16 ގައި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނައިބު ރައީސް ފައިސަލް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތު ކުރިއަށް ހިނގަމުންދިޔަ ވަގުތު އެ ސަރަހައްދުގައި ތިބި ހަފްލާގެ ބައިވެރިންނަށް އަމާޒުކޮށް ހިޔާގެ 15 ވަނަ ޓަވަރުގެ އެޕާޓްމަންޓަކުން ތިރިއަށް ފެން ކޮތަޅުތަކެއް އުކާފައިވާ ކަމަށެވެ.

އަދި އޭގެން ފެން ކޮތަޅަކުން އެޗްޑީސީގެ މާބަނޑު މުވައްޒަފެއްގެ ގައިގައި ޖެހި ގެއްލުން ވެފައި ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ވަނީ ސިޔާސީ ބޭނުމަށް މަދު ބަޔަކު އިސްނަގައިގެން ރާވައި ހިންގާ މުޖުތަމަޢުގެ މިންގަނޑުތަކާއި ހިލާފު މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންގެންދާ ކަމީ ކަންބޮޑުވެ ހިތާމަކުރާކަމެއް ކަމަށެވެ. މިކަން ހަރުކަށި ޢިބާރާތުން ކުއްވެރިކޮށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން މި މައްސަލަ ބަލާނެކަމަށް އެޗްޑީސީން ބުންޏެވެ.

އަދި މި މައްސަލައިގަ އެޗްޑީސީން އަޅަންޖެހުނު ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް