އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިފުތިތާހުކޮށްފި

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން އަހަރުދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފުތިތާހުކޮށްފިއެވެ. މި ޕްރޮޖެކްޓް އިފުތިތާހުކުރުމަށް މެންހަ...

26 Jan 2023 | 15:47

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން އަހަރުދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) އިފުތިތާހުކޮށްފިއެވެ.

މި ޕްރޮޖެކްޓް އިފުތިތާހުކުރުމަށް މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހްކޮށްދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. މިޕްރެޖެކްޓަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ވޯލްޑް ބޭންކް ހިމެނޭހެން އެކުލަވާލެވިފައިވާ 10 މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓެކެވެ.

އަތޮޅުތެރޭގައި ޘާނަވީ ތަޢުލީމު ދަރިވަރުންނަށް ފޯރުކޮށްދިނުން އިތުރަށް ފުޅާކޮށް ދަރިވަރުންގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އިފްތިތާހުކުރެވުނު މި ޕްރޮޖެކްޓެކެވެ. އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން ސްޓެމް އެޑިޔުކޭޝަން ތަޢާރަފުކުރުމާއި، ލިޓްރަސީ އާއި ނިއުމެރަސީގެ ހުނަރުތައް އިތުރުކުރުމާއި، ޢާންމު ތަޢުލީމީ ނިޒާމުގެ ތެރެއިން ވޮކޭޝަނަލް އެޑިއުކޭޝަން ތަންފީޒުކުރުމާއި، ޘާނަވީ ތައުލީމުގެ ކޮލިޓީ އެޝުއަރެންސް ހަރުދަނާ ކުރެވިގެންދާނެއެވެ.

ރާއްޖޭގެ އެކި ހިސާބުން ހޮވާފައިވާ 28 ސްކޫލެއްގައި ސައިސް އާއި އައިސީޓީ އަދި ސްޓެމް އެޑިޔުކޭޝަން ހިމެނޭގޮތަށް މި ޕްރޮޖެކްޓްގެ ދަށުން ވަޞީލަތް ފުރިހަމަ ރިސޯސް ސެންޓަރު ޤާއިމް ކުރެވިގެންދާނެއެވެ. މީގެ އިތުރުން ޘާނަވީ މަރުޙަލާގެ ދަރިވަރުންގެ ކިބައިގައި ހުނަރުވެރިކަން އަށަގެންނެވުމުގެ މަޤްސަދުގައި ސްކިލް އަދި ސްޓެމް ލެބް ޤާއިމް ކުރުމަށް މި ޕްރޮޖެކްޓްގައި ޕްލޭން ކުރެވިފައި ވެއެވެ. މިކަމަށްޓަކައި ސްކޫލްތަކުގައި މިހާރު ހުރި ވަޞީލަތްތައް އިތުރަށް ތަރައްޤީކޮށް ތިމާވެއްޓާއި ރައްޓެހި، 'ގްރީން ކޮންސެޕްޓް' ތައް ހިމަނައިގެން ދަރިވަރުންނަށް ކިޔަވައިދިނުން ބައްޓަން ކުރުމަށް މަސައްކަތްތަކެއް ފެށިފައިވާކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެެވެ.

މުދައްރިސުންނަކީ ތަޢުލީމީ ހުރިހާ މަސައްކަތެއް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. މި ޕްރޮޖެކްޓްގެ ދަށުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މުދައްރިސުންނަށް ބޭނުންވާ ކަރިކިއުލަމް މެޓީރިއަލް އަދި ކިޔަވާދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް އުފެއްދުމުގައި ބޭނުންކުރާނެ ވަޞީލަތްތައް ތައްޔާރުކުރުމަށް އެހީތެރިކަން ލިބިގެންދާނެކަމުގައިވެއެވެ.

އެގޮތުން މުދައްރިސުންގެ ފަންނީ ހުނަރުގެ ބޭނުންހިފައި، ދަރިވަރުންނާ އެކު އިތުރަށް ގުޅިގެން ކިޔަވާދެވޭނެ މާހައުލެއް  ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމާއި ޓީޗަރުންގެ މޯޓިވޭޝަން، ޕެޑަގޯޖިކަލް ސްކިލްސް އަދި ޤާބިލުކަން އިތުރުކުރުމަށް ޓަކައި ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (އެސް.ބީ.ޕީ.ޑީ) އަށް ވެސް މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ލިބިގެންދާނެކަމުގައިވެއެވެ.

ތަޢުލީމީ ކުރިއެރުމާއި ފެންވަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޕްރޮޖެކްޓް އިންޓަރވެންޝަންތަކުގެ ދާއިރާތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޢާންމު ތަޢުލީމީ ނިޒާމުގައި ތަޢުލީމުގެ ކޮލިޓީ އެޝުއަރަންސަށް މިޕްރޮޖެކްޓުން އަހަންމިއްޔަތުކަމެއް ދެއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ސްކޫލްތަކުގެ ސެލްފް އިވެލުއޭޝަނާއި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (ކިއުއޭޑީ) ގެ އެކްސްޓަރނަލް އިވެލުއޭޝަން ހިމެނޭ ގޮތަށް ކޮލިޓީ އެޝުއަރެންސް ރިވިއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމެކެވެ.

ގްރޭޑްތަކުގައި މިޕްރޮޖެކްޓްގައި ޘާނަވީ ގްރޭޑްތަކުގައި  ކަނޑައަޅާފައިވާ ބައިތަކުން އުނގެނުމާއި އުނގަންނައިދިނުން ކުރިއެރުވުމަށްޓަކައި ސްކޫލް ރިވިއު ރިޕޯޓްކުގައި ފާހަގަ ކުރައްވާ އެކި ބައިތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ކޮންމެ ސްކޫލަކަށް 'ސްކޫލް ގްރާންޓް' ދިނުމަށްވެސް މަސައްކަތް ކުރެވިގެން ދާނެކަމުގައިވެސްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް