މާލޭ ސިޓީ ކައުންސިލުގެ ބިމެއްގައި ޖަމާކޮށްފައި ހުރި ކުނިތަކެއް ނަގަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
ކުނިތައް ޖަމާކޮށްފައި ހުރީ އެދުރު ހިޔާ ފްލެޓުތަކާ ޖެހިގެން ހުރި ސިޓީ ކައުންސިލުގެ ކޮށްޓެއްގައި އެވެ. ކުނިތައް އެތަނަށް ޖަމާކޮށްފައިވާތަން ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާންމުކުރީ އާންމުންގެ މީހެކެވެ.
މިކަމާއި ގުޅިގެން އެތަނުން ކުނިތަށް ނަގައި ސާފު ކުރަން ސިޓީ ކައުންސިލަށް އެންގީ އީޕީއޭއިން އެ ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެވެ. އެ ސިޓީ ފޮނުވިކަން ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައި އެވެ.
އޭނާ ވިދާޅުވީ އެތަނަށް ކުނި އަޅަން ޖެހުނީ ވެމްކޯ ބާޖަށް ކުނި އަޅަން ޖެޓީއަށް ވަނުމުގެ ހުއްދަ އެ ކުންފުނިން ނުދީގެން ކަމަށެވެ. އެއީ އެއް ދުވަހުގެ ކުނި ކަމަށާއި އެތަކެތި ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް