އަބަދު ކުށް ކުރެވޭތީ ޖަލުގަިއ ބަންދުކޮށްދިނުމަށް މީހަކު ކޯޓުގައި އެދިއްޖެ

އަބަދު ކުށްކުރެވޭތީ ޖަލުގައި ބަންދުކޮށްދިނުމަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔަ މީހަކު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ. ފުލުހުން އެމީހާ ހައްޔަރު ކުރީ ޖުވެނައިލް ކޯޓު ހިންގަމުން ގެންދާ ފަންހިޔާ ބިލ...

26 Jan 2023 | 10:45

އަބަދު ކުށްކުރެވޭތީ ޖަލުގައި ބަންދުކޮށްދިނުމަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔަ މީހަކު ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ފުލުހުން އެމީހާ ހައްޔަރު ކުރީ ޖުވެނައިލް ކޯޓު ހިންގަމުން ގެންދާ ފަންހިޔާ ބިލްޑިންގް ފަޅާލައި އެތަނުން ވައްކަންކުރި މައްސަލައިގައި އެވެ. އެއީ އުމުރުނ ް31 އަހަރުގެ މުހައްމަދު އަސްލަމް ކިޔާ މީހެކެވެ.

އެމީހާ ކޯޓުގައި ބުނީ ވައްކަން ފަދަ ކުށްތައް ކުރެވެނީ މަސްތުވާތަކެއްޗަށް ދެވިހިފާފައި ހުންނަވަރުން ކަމަށެވެ. އަދި ޖުވެނައިލް ކޯޓުން ކުރި ވައްކަމަށް އިއުތިރާފުވާ ކަމަށް ބުންޏެވެ.

މަސްތުވާތަކެއްޗަށް ދެވިހިފައި ހުންނަވަރުން ދުވާލަކު އެވްރެޖްކޮށް ފަސް ފަހަރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ބޭނުންކުރާ ކަމަށެވެ. އެހެންވެ މަސްތުވާތަކެއް ސަލާމަތްވެ، އިސްލާހްވެ ރަނގަޅު މީހެއްގެ ގޮތުގައި އުޅެން ބޭނުންވާތީ ޖަލުގައި ބަންދުކޮށްދިނުމަށް އެދުނެވެ.

ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް