އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ޝަރަފުވެރި މެހެމާނަކަށް މިސްރުގެ ރައީސް ސީސީ

އިންޑިއާއިން މިއަދު ފާހަގަކުރަމުން އަންނަ އެ ގައުމުގެ 74 ވަނަ ޖުމްހޫރީ ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިސްރުގެ ބޮޑުވަޒީރު އަބްދެލް ފައްތާހް އެލް ސީސީ އިންޑިއާއަށް ވަޑައިގެންފިއެވެ. އިންޑިއާ...

26 Jan 2023 | 10:10

އިންޑިއާއިން މިއަދު ފާހަގަކުރަމުން އަންނަ އެ ގައުމުގެ 74 ވަނަ ޖުމްހޫރީ ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މިސްރުގެ ބޮޑުވަޒީރު އަބްދެލް ފައްތާހް އެލް ސީސީ އިންޑިއާއަށް ވަޑައިގެންފިއެވެ.

އިންޑިއާ މީޑިއާއިން ބުނާގޮތުގައި މިއީ ސީސީ އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެކަމުގައި އިންޑިއާ މީޑިއާއިން ބުނެއެވެ. އަދި އެ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއިމެދު މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދާނެކަމުގައިވެސް އިންޑިއާ މީޑިއާއިން ބުނެއެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ 26 ޖަނަވަރީ 1950 ވަނަ އަހަރު އިންޑިޔާއިން އަލަށް އެކުލަވާލި އެޤައުމުގެ ޤާނޫނުއަސާސީ ވުޖޫދުވެ އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުން މިނިވަންވެ މުސްތަޤިއްލު ދަޢުލަތެއްގެ ގޮތުގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން ދިޔަ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް