އިންޑިއާގެ ފަންނާނުންނާ ދިވެހި ފަންނާނުންގެ ފުޓްބޯޅަ މެޗެއް

މުނިފޫހިފިލުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިންޑިއާގެ ބޮލީވުޑް ފަންނާނުންނާއި ދިވެހި ފަންނާނުން ގުޅިގެން 27 ޖެނުވަރީ ވާ ހުކުރު ދުވަހު ގަލޮޅު ދަނޑުގައި ފުޓްބޯޅަ މެޗެއް ކުޅުމައް ހަމަޖެހިއްޖެއެވެ. މި ފުޓ...

26 Jan 2023 | 08:02

މުނިފޫހިފިލުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިންޑިއާގެ ބޮލީވުޑް ފަންނާނުންނާއި ދިވެހި ފަންނާނުން ގުޅިގެން 27 ޖެނުވަރީ ވާ ހުކުރު ދުވަހު ގަލޮޅު ދަނޑުގައި ފުޓްބޯޅަ މެޗެއް ކުޅުމައް ހަމަޖެހިއްޖެއެވެ.

މި ފުޓްބޯޅަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބޮލީވުޑްގައި ހަރަކާތްތެރިވާ ފަންނާނުން ހިމެނޭ ޓީމަކާއި ރާއްޖޭގެ މުނިފޫހިފިލުމުގެ ދައިރާގައި ހަރަކާތްތެރިވާ ޓީމުގެ ދެމެދު ގައި އެވެ.

މި މެޗުގައި ބައިވެރިވާ އިންޑިއާގެ މަޝްހޫރު ފަންނާނުންގެ ތެރޭގައި އަފްތާބް ޝިވްދާސާނީ، ޝަރުމަން ޖޯޝީ އަދި ރޯހިތު ބޯސް ރޯއީ ހިމެނެއެވެ.

އަދި މެޗުގައި ބައިވެރިވާ ދިވެހި ފަންނާނުންގެ ތެރޭގައި މަޝްހޫރު ނެށުންތެރިޔާ ޖާދުﷲ އިސްމާއީލް، ކޮމީޑިއަންނުން ކަމުގައިވާ ނަޒީރު ޝިހާމް (ކާއްޓޭ) އަދި ރެފްރީއެއްގެ ގޮތުގައި ހުސެން ސާދު (މަޓޭ) ވެސް ބައިވެރިވެއެވެ.

މި މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން މިސް ޔުނިވާރޝް އިންޑިއާގެ މަގާމު ދެ ފަހަރު ފުރާފައިވާ އެކްޓްރެސް އުރުވަޝީ ރައުޓެލާ ރާއްޖެ އައުމައް ވަނީ ހަމަޖެހިފައިއެވެ.

މި މެޗް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވަނީ އިންޑިއާގެ އިވެންޓް މެނޭޖްމަންޓްގައި ހަރަކާތްތެރިވާ ޓުއަރނިވަލް ކުންފުންޔެވެ.

މިހާރު މެޗުގެ ޓިކެޓު ގަލޮޅު ދަނޑުގެ ކައުންޓަރުތަކުގައި ދަނީ ވިއްކަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް