ރޮނާލްޑޯގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އެނގިއްޖެ ނަމަ ތަފާތު ދައްކާނެ - ރޫޑީ ގާސިއާ

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އެނގިއްޖެ ނަމަ ތަފާތު ދައްކާނޭ ކަމަށް އަލް ނަޞްރުގެ ކޯޗު ރޫޑީ ގާސިއާ ބުނެފިއެވެ. މިރޭ އަލް އިއްތިހާދާއި ދ...

26 Jan 2023 | 06:19

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އެނގިއްޖެ ނަމަ ތަފާތު ދައްކާނޭ ކަމަށް އަލް ނަޞްރުގެ ކޯޗު ރޫޑީ ގާސިއާ ބުނެފިއެވެ.

މިރޭ އަލް އިއްތިހާދާއި ދެކޮޅަށް ކުޅޭ ސައުދީ ސުޕަކަޕް ސެމީފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގާސިއާ ބުނީ ރޮނާލްޑޯ އަކީ އަދިވެސް ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ ކަމަށާއި އޭނާގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އެނގިއްޖެ ނަމަ އަދިވެސް ތަފާތު ފެނިގެން ދާނޭ ކަމަށެވެ.

ރޮނާލްޑޯއަށް މެޗެއްގައި ބޭނުންވަނީ ގިނަ ބޯޅަތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި ގިނަ ބޯޅަތަތެއް ފޯރުކޮށްދީފި ނަމަ އެ ބޯޅަތަށް ލަނޑަކަށް ބަދަލުކޮށްލުމަކީ ރޮނާލްޑޯއަށް މާ ބޮޑު ކަމަކަށް ނުވާނޭ ކަމަށް ގާސިއާ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ ރޮނާލްޑޯއަށް މިހާރު ދިމާވެގެން އުޅޭ ހާލަތުން އަރައިގަތުމަށް ބޭނުން ވަނީ ގިނަ މެޗުތަކެއް ކުޅުން ކަމަށާއި އެ ފުރުސަތު އަލް ނަޞްރުން ރޮނާލްޑޯއަށް ލިބޭނޭ ކަމަށެވެ.

" ރޮނާލްދޯ އަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެއް. އޭނާގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އެނގިއްޖެ ނަމަ ރަނގަޅުވާނެ. ތަފާތު ދައްކާނެ. އެކަމާއި މެދަކު ޝައްކެއް ވެސް ނުކުރަން." ގާސިއާ ބުނެފައިވެއެވެ.

މިރޭގެ ސުޕަކަޕް ސެމީފައިނަލް މެޗަކީ ރޮނާލްޑޯ އޭނާގެ އައު ކުލަބު އަލް ނަޞްރުގެ ޖާޒީގައި ކުޅޭ ދެވަނަ މެޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް