ރޮނާލްޑޯ ކުޅޭ ސައުދީ ސުޕަކަޕް މެޗުގެ ޓިކެޓްވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭ ވިކި ހުސްވެއްޖެ

ސައުދީ ސުޕަކަޕް ސެމީފައިނަލުގައި މިރޭ އަލް ނަޞްރު އާއި އަލް އިއްތިހާދު ބައްދަލުކުރާ މެޗުގެ ޓިކެޓު ވި ހުސްވެފައިވާ ކަމަށް ސައުދީ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ. ސުޕަކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އަލް...

26 Jan 2023 | 06:04

ސައުދީ ސުޕަކަޕް ސެމީފައިނަލުގައި މިރޭ އަލް ނަޞްރު އާއި އަލް އިއްތިހާދު ބައްދަލުކުރާ މެޗުގެ ޓިކެޓު ވި ހުސްވެފައިވާ ކަމަށް ސައުދީ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ސުޕަކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދާއި ދެކޮޅަށް މިރޭ އަލް ނަޞްރު ކުޅޭ މެޗުގެ ޓިކެޓް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިކި ހުސްވެފައިވާ ކަމަށް ސައުދީ މީޑިއާގައި ރިޕޯޓުކޮށްފައިވާއިރު، މި މެޗު ކުޅެން ހަމަޖެހިފައިވަނީ ސައުދީގެ ވެރިރަށް ރިޔާދުގެ ކިންގް ފަހުދް އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ. މިއީ 68752 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.

ސައުދީ މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި މި މެޗުގެ ޓިކެޓް ހޯދުމަށް އޮންލައިންކޮށާއި އެހެނިހެން ގޮތްގޮތުން މިލިއަނާއި ގާތްކުރާ އަދަދަކަށް ރިކުއެސްޓް ކޮށްފައިވެއެވެ. ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގެ ޓިކެޓް ގަތުމަށް ރިކުއެސްޓް ކުރި މީހުނަށް ވުރެ މިރޭ ކުޅޭ މެޗުގެ ޓިކެޓް ހޯދުމަށް އެދުނު މީހުންގެ އަދަދު އިތުރުކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ސައުދީ ސުޕަކަޕް ސެމީފައިނަލުގެ ދެ މެޗު މިރޭ ކުޅެން ހަމަޖެހިފައިވާއިރު، ފުރަތަމަ ކުޅޭ މެޗުގައި މިރޭ ރާއްޖޭ ގަޑިން 8:00 ގައި ބައްދަލުކުރާނީ އަލް ފެއިހް އާއި އަލް ހިލާލްއެވެ. އަދި އަލް ނަޞްރާއި އަލް އިއްތިހާދް ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން 11:00 ގައެވެ.

ސައުދީ ޕްރޮ ލީގުގެ އެންމެ ވާދަވެރި ޓީމު މިރޭގެ މެޗަށް ނުކުންނައިރު، މި ދެޓީމުގެ އެންމެ ފަހުގެ ބައްދަލުވުންތަކަށް ބަލާއިރު، އެންމެ ފަހުން މި ދެ ޓީމުން ބައްދަލުކުރި ފަސް މެޗުން ވެސް އަލް އިއްތިހާދުގެ މައްޗަށް އަލް ނަޞްރަށް ކުރި ހޯދިފައެއް ނުވެއެވެ. އެންމެ ފަހުން މި ދެޓީމު ބައްދަލުރި މެޗު ނިމުނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް