ސޮފްޓް ޕަވާއިން ކުރިއަށްދިއުމުގައި އިންޑިއާއަށް އިމެއް މިނެއް ނެތެވެ

10 ޖެނުއަރީ 2023 ގައި "ބެސްޓް އޮރިޖިނަލް ސޯންގް" ގެ ގޯލްޑަން ގްލޯބް އެވޯޑް އިއުލާނު ކުރިއިރު، ކާމިޔާބު ކުރި ފިލްމު "އާރްއާރްއާރް" އަށް ތައުރީފުގެ އަޑު އިންޑިއާ އާއި މުޅި ދުނިޔޭގައި އެތައް ގުނައަކަށް ގ...

26 Jan 2023 | 05:16

10 ޖެނުއަރީ 2023 ގައި "ބެސްޓް އޮރިޖިނަލް ސޯންގް" ގެ ގޯލްޑަން ގްލޯބް އެވޯޑް އިއުލާނު ކުރިއިރު، ކާމިޔާބު ކުރި ފިލްމު "އާރްއާރްއާރް" އަށް ތައުރީފުގެ އަޑު އިންޑިއާ އާއި މުޅި ދުނިޔޭގައި އެތައް ގުނައަކަށް ގުގުމާލި އެވެ. މިކަމުން އިންޑިޔާގެ ސިނެމެޓިކް އާދަކާދައިގެ އިތުރުން، ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑު، އެންމެ މޮޅު އަދި ތަފާތު ސިނަމެޓިކް އާދަކާދަތައް އިތުރުން، އިންޑިޔާގެ ފަންނުވެރިކަމާއި ޘަޤާފަތުގެ މުއްސަނދިކަމާއި، ހުނަރުވެރިކަން ފާހަގަކުރުން ކުރިއަރުވައިދިނެވެ. ދުނިޔޭގެ މައިދާނުގައި އެތައް ޒަމާނެއް ވަންދެން ފޮރުވިފައި އޮވެ، މިހާރަށްވުރެ ފާހަގަކޮށްލެވޭ މަޤާމެއް ހޯދުމަށް އިންޑިޔާ ނުކުންނައިރު، މި ކާމިޔާބީ އިޙްސާސްކުރެވެނީ 75 އަހަރު ފުރިފައިވާ އެޤައުމުގެ ސޮފްޓް ޕަވަރ ރިނައިސަންސްގެ މުޅިންއައު އުފާފާޅުކުރުމެއްގޮތުގައިއެވެ.

ޖޯސެފް ނައި ވިދާޅުވާ ގޮތުގައި ޤައުމެއްގެ ސޮފްޓް ޕަވަރ ބިނާވެފައި ވަނީ ތިން ވަސީލަތެއްގެ މައްޗަށެވެ: އެ ޤައުމެއްގެ ހިތްގައިމު ސަޤާފަތާއި، އެ ޤައުމެއް ދިރިއުޅެމުން އަންނަ ސިޔާސީ އަސާސްތަކާއި، އެހެން މީހުން ބަލައިގަންނަ ޙާރިޖީ ސިޔާސަތުތަކަކީ ސައްޙަ އަދި އަޚްލާގީ ބާރެއް ލިބިގެންވާ ސިޔާސަތުތަކެއްކަމުގައިވުމެވެ. އެއީ ބައިނަލްއަޤްވާމީ ގުޅުންތަކުގައި މަޖުބޫރުކުރުވުމުގެ ބަދަލުގައި ނުވަތަ ފައިސާ ދިނުމުގެބަދަލުގައި ޝައުޤުވެރިކަމާއި ނުފޫޒުގެ ޒަރިއްޔާއިން އިސްކަންދޭ ނަތީޖާތަކެކެވެ. މޯދީ ވަނީ ދުނިޔޭގެ މައިދާނުގައި އިންޑިޔާގެ ސަޤާފީ ޙާލަތުގެ ވިސްނުން ގެންގުޅުއްވައި، ދުނިޔޭގެ މައިދާނުގައި އިންޑިޔާގެ ސޮފްޓް ޕަވަރގެ އުދަރެހުން އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވާފައެވެ.

"އިންޑިއާއަކީ ހަމައެކަނި ޤައުމެއް ނޫން، ވިސްނުމަކާއި ސަޤާފަތެއް ވެސްމެއެވެ." އޭނާވަނީ ވިދާޅުވެފައިއެވެ. އެންމެ ދުވަސްވީ، އެންމެ ބޮޑު އަދި އެންމެ ބޮޑު އެއް ނަސްލު ކަމުގައިވާ އިންޑިޔާއަކީ، އެހެން ސަޤާފަތްތަކާ ޚިލާފަށް، އެޤައުމުގެ ޝަރަފުވެރި ޒަމާނާ އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދަމުންދާ ޤައުމެކެވެ. ތާރީޚީ ސަރަޙައްދެއް ބިނާ ކުރުމުގެ އިތުރުން، އެތްނޯލިންގުސްޓިކް ޖަމާޢަތްތަކާއި، ވެރިކަމުގެ ވައްޓަފާޅިތަކުގެ ބޭރުން ފެތުރިފައިވާ، ތަފާތު، އެސިމިލޭޓިވް އަދި ޔުނިވަރސަލިސްޓް ސަޤާފަތެއް ބިނާކުރެވިފައި އެބަހުއްޓެވެ. 5،000 އަހަރުވީ ބުއްދީގެ މި ގަހުން އިންޑިއާގެ އާންމު ދިރިއުޅުމުގެ ވެރިކަން ކުރާ ޢިޖުތިމާއީ، ސިޔާސީ، ރޫޙާނީ އަދި ޓްރާންސެންޑެންޓަލް ވިސްނުމުގެ ތަފާތު ގޮފިތައް އުފެދިފައިވެއެވެ. އަދި ދުނިޔޭގެ ޢާންމު މަންފާއާއި ބެހޭގޮތުން އިންޑިޔާގެ ވިސްނުމާއި ސިޔާސަތުތައް ކަނޑައެޅުމުގެ ތެރެއިން އެކަންކަން ހާމަވެގެންދެއެވެ.

2023 ވަނަ އަހަރު އިންޑިއާގެ ވެރިކަމުގައި "1 ދުނިޔެ، 1 އާއިލާ، 1 މުސްތަޤްބަލް" ގެ ޖީ20 ޝިއާރަކީ އިންސާނިއްޔަތުގެ މައިގަނޑު އަސާސްތަކެވެ. ބައިނަލްއަޤްވާމީ ފެންވަރުގައި އިސްކަންދޭ ކަންކަމުގައި، ޚާއްޞަކޮށް، ގާންދީގެ ސަރްވޯދްޔާގެ ރޫޙުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި، އިންޑިޔާ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ޢަމަލުތަކަށް ތަޢުރީފު ކުރެވެއެވެ. މިއީ ސާފުތާހިރުކަމާއި ނަރުދަމާއާއި، ބޯހިޔާވަހިކަމާއި، ކާބޯތަކެތީގެ ބާވަތްތަކާއި، އެންމެންނަށް ހަކަތަ ފޯރުކޮށްދިނުމުގެ ވިސްނުން ކަމުގައިވިޔަސް، ނުވަތަ ޑިޖިޓަލް އަދި ފައިނޭންޝަލް އިންކްލޫޝަން އެންޑް ސްކިލިންގ މިޝަންތަކަށް ވިޔަސް، މޯދީ ވަނީ ގްލޯބަލް ސައުތުގައި ސްކޭލް ކުރެވޭ ފަދަ ޙައްލުތަކެއް ހޯއްދަވައިދެއްވާފައެވެ.

"ޗެމްޕިއަން އޮފް ދަ އާތު އެވޯޑް" ޙާސިލްކުރައްވާފައިވާ މޯދީ ވަނީ ގްރީން ޑިވެލޮޕްމަންޓާއި ލައިފްސްޓައިލް ފޯ އެންވަޔަރަންމަންޓް މިޝަން އަދި ކްލައިމެޓް އެކްޝަންއާ ބެހޭ ޕަންޗަމްރިޓް އެކްޝަން ޕްލޭންގެ ސަބަބުތަކަށް އަލިއަޅުއްވާލައްވައި، ގުދުރަތާއި އެކު ދެމިއޮތުމާއި މެދު އިންޑިޔާއިން ދެކޭގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިއީ މިހާރު އިންޑިއާގެ ޖީ-20 ރިޔާސަތުން އިސްކަންދޭ ޝިއާރެކެވެ. ކްލައިމެޓް ޖަސްޓިސްއާ ބެހޭ ގޮތުން އޭނާ ގެންގުޅުއްވާ އިސްނެންގެވުމަށް ކުރިއަރާފައިވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުރީފު ވަނީ ލިބިފަ އެވެ. ހަމަ އެފަދައިން އިންޑިއާގެ ވެކްސިން މައިތްރީ އާއި ސިއްޙީ އެއްބާރުލުމާއި އިންސާނީ އެހީތެރިކަމަށް ވެސް ވަނީ ތަޢުރީފް ލިބިފައެވެ.

މޯދީގެ ސަރުކާރުން މަސައްކަތް ކުރަނީ އިންޑިއާގެ ސޮފްޓް ޕަވާ ފުޅާ ދާއިރާއެއްގައި ބޭނުންކުރުމަށާއި، އިންޑިއާއިން ނަމޫނާ ދެއްކުމަށާއި، ބަލިމަޑުކަމާއި ރަޝިއާ-ޔޫކްރެއިންގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ނިޒާމު އަލުން ބަދަލުވެފައިވާއިރު، ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ސިޔާސީ ހަމަޖެހުން ނެގެހެއްޓުމަށެވެ. "މިއީ ހަނގުރާމައިގެ ވަޤުތެއް ނޫން" ކަމަށް ބޮޑުވަޒީރު ވިދާޅުވުމާއި "ވަސުދައިވާ ކުޓުމްބަކަމް" ފަލްސަފާ ފެތުރުމަކީ ބައިނަލްއަޤުވާމީ ގިނަ ބައެއްގެ ތަޢުރީފު ލިބިފައިވާ ކަމެކެވެ. ސޮފްޓް ޕަވަރ އަކީ އިންޑިއާގެ އަސްކަރީ އަދި އިޤްތިސާދީ ޤާބިލުކަމަށް  އިތުރު ފުރިހަމަކަމެއް ގެނެސްދޭ ބާރެކެވެ. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ސަޤާފަތަށް މިވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައިއެވެ. އޭނާ ވަނީ ކުރީ ސަފުގައި އިސްކޮށް ހަރަކާތްތެރިވެ، އިންޑިއާގެ ސޮފްޓް ޕަވާ މަޤުބޫލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އިންޑިޔާގެ ފިލްމުތަށް އެ ޤައުމުގެ ސަޤާފަތް އެކްސްޕޯޓް ކޮށްދިނުމުގެ އިތުރުން ދުނިޔޭގެ ޓްރެންޑްތަކާއި އިންފްލުއެންސަރސް މެދުގައި މަޤްބޫލެވެ. ރާޖް ކަޕޫރާއި ސަތިޔަޖީތު ރޭ އަކީ ފިލްމުގެ ދުނިޔެ އަބަދަށް ބައްޓަންކުރި ދެ ތަރިންނެވެ. އަމީތާބް ބައްޗަން، ރަޖްނީކާންތު، ރިތިކް ރޯޝަން، އާމިރު ޚާން، ޝާހްރުކް ޚާން، ޕްރަބާސް އަދި ރާމް ޗަރަން ފަދަ އެކްޓަރުންގެ ސަޕޯޓަރުން ޔޫރަޕްގެ އިތުރުން އޭޝިއާ، އަރަބި އަދި އެފްރިކާގެ ގައުމުތަކުގައާއި އުތުރު އަދި ދެކުނު އެމެރިކާގައި ވެސް އެބަތިއްބެވެ. އިންޓަނެޓް، ޔޫޓިއުބް، އޯޓީޓީ އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ސަބަބުން އިންޑިއާގެ ވާހަކަތަކާއި ކްލެސިކަލް އަދި ޒަމާނީ މިއުޒިކާއި ޑާންސްގެ މަޤްބޫލުކަންވެސް ވަނީ އިތުރަށް ފެތުރިފަ އެވެ. ޑިޒައިން، ޓެކްސްޓައިލް، ފެޝަން، ކުރެހުމާއި ސްކަލްޕްޗާ، ކްރާފްޓްސް، އާކިޓެކްޗާ، ލެންގުއޭޖްސް އަދި ލިޓްރޭޗަރ ފަދަ އިންޑިޔާގެ ފުޅާ ކްރިއޭޓިވް އިންޑަސްޓްރީއަކީ ފިއުޝަންއަށް ބޭނުންވާ ވަސީލަތްތަކާއެކު އެމީހުންގެ އަސްލު އަދި މުއްސަނދި އެސްތެޓިކް އަދި ޑިޒައިން ސެންސިވިޓީތަކަށް ތައުރީފުކޮށް ނަމޫނާ ކުރާ ސިނާއަތެކެވެ.

އިންޑިޔާއިން ދަނީ ދުނިޔޭގެ ޢިލްމާއި، އައި.ސީ.ޓީ. އަދި ޓެކް 4.0 ގެ ޤާބިލުކަން އިތުރުވެ، އޭއައި ހިމެނޭ ގޮތަށް، އެންމެ ކުރީ ސަފުގައި އެޤައުމު ގެނައުމުގައި އެޤައުމުގެ އިންޓްރިންސިކް އިންޓެލެކްޗުއަލް ކެޕިޓަލް އާއި އެންޓަރޕްރެނިއަރިއަލް ޖީނިއަސް ބޭނުންކުރަމުންނެވެ. މިގޮތުން ހުޅަނގުގެ ބޮޑެތި އިންޑަސްޓްރީތަކާއި ޓެކް ލީޑަރުންނަކީ އިންޑިއާ ދަރިކޮޅުގެ މީހުންނެވެ. އިންޑިޔާއަކީ މިއަދު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ވިޔަފާރިވެރިކަމުގެ އިކޯސިސްޓަމެވެ. އިންޑިޔާގެ ކުރިއަރަމުން އަންނަ އިޤްތިޞާދުގެ ވާހަކައަކީ، ވިޔަފާރީގެ ދާއިރާއާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ރޮނގުން ދުނިޔޭގެ އެކި ކަންކޮޅުތަކާއި، އެޤައުމުގެ 32 މިލިއަނަށްވުރެ ގިނަ މީހުން ކުރިއަރަމުން އަންނަ ޑައިސްޕޯރާއާއި، ސަޤާފީ އަދި ތާރީޚީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމުގެ ސަބަބުން، ކޮންމެ އަހަރަކު ވެސް 2.5 މިލިއަން އިންޑިޔާ މީހުން ބޭރު ޤައުމުތަކަށް ހިޖުރަކުރާ ޤައުމެކެވެ.

ހުރިހާ ޑިމޮކްރަސީއެއްގެ މައެއްގެ ޙައިސިއްޔަތުން، އަދި ދުނިޔޭގެ އެންމެ ބޮޑު، ތަނަވަސް އަދި ޓޮލަރަންޓް ޤައުމެއްގެ ހައިސިއްޔަތުން، އދ.ގެ ވިސްނުން ކަމުގައިވާ ކޯޕަރޭޓިވް އަދި މިއުޗުއަލް ބެނިފިޓް އެތިކްސްއާ އެކު، އިންޑިޔާގެ ސޮފްޓް ޕަވަރ މިހާރަށްވުރެ ބޮޑަށް ފޯކަސްއަށްއައެވެ. މިއީ ބައެއް ބާރުގަދަ ބޮޑެތި ބާރުތަކުން އެމީހުންގެ ޤައުމީ މަސްލަހަތު އެހެން ގައުމުތަކަށް ފެތުރުމުގައި ބާރުގެ ބޭނުންކޮށްގެން ގެންގުޅޭ ވިސްނުމާ މުޅިން ޚިލާފަށެވެ.

ވިސްނުމާއި ނިޒާމުގެ މި ހަނގުރާމައިން އިންޑިއާ މޮޅުވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. އެއީ އިންޑިއާގެ އަމިއްލަ ދެމެހެއްޓެނިވި ތަރައްޤީގެ މޮޑެލްގެ ކާމިޔާބީ އެކަމުން ދައްކުވައިދީ އަދި ޑިމޮކްރެޓިކް ޤައުމީ އަދި ބައިނަލްއަޤްވާމީ ނިޒާމެއް އެކަމުން ސައްޙަކޮށްދޭކަމުން އިންޑިޔާއިން ކާމިޔާބީ ހޯދަން އެދޭ ގޮތަކީމިއެވެ. 2022 ވަނަ އަހަރުގެ މެއި މަހު ބޭއްވި ކުއަޑް ސަމިޓްގައި ރައީސް ބައިޑަން މޯދީއަށް ވިދާޅުވި ފަދައިން، މި ބަލިމަޑުކަމާ މެދު އިންޑިއާއިން އަމަލުކުރި ގޮތުގެ ސަބަބުން "ޑިމޮކްރަސީތަކަށް ޑެލިވަރީ ކުރެވޭނެ" ކަން ހާމަވެ، "ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގައި އޮޓޯކްރެޓިކް ބާރުން މާ ރަނގަޅަށް ބެލެހެއްޓޭނެ" ކަމަށް ދެކެވޭ ވާހަކަތައް ވަނީ ދޮގުކުރެވިފައިއެވެ. ގްލޯބަލް ސައުތު އިން އުންމީދު ކުރަނީ ޑިޕްލޮމަސީ ދަށަށް ނުދާނެފަދަ މޭރުމަކުން އެއްބާރުލުން ދޭ ތަރައްޤީގެ މޮޑެލްއެއް އިންޑިއާއިން އުފައްދާނެކަމުގައިއެވެ. ބޮޑުވަޒީރު އަމިއްލަފުޅަށް ފާހަގަކުރެއްވި ގޮތުގައި، "މުޅި ދުނިޔެ އިންޑިޔާއަށް ބަލަނީ ފަޚުރުވެރިކަމާއެކު، އުންމީދާއެކު....އިންޑިޔާގެ ފަސްގަނޑުގައި ހުރި މައްސަލަތަކަށް ޙައްލު ހޯދުމުގެ މަސައްކަތް. ދުނިޔޭގައި، ދުނިޔޭގެ ވިސްނުމުގައި މި އައި ބަދަލަކީ، އަޅުގަނޑުމެންގެ 75 އަހަރުގެ ތަޖްރިބާގެ ދަތުރުގެ ނަތީޖާ."

ސަރުކާރުން ކުރި މަސައްކަތުން އިންޑިއާއަށް ބޭނުންވާ ދެ ފައިދާ ވެސް ލިބެމުން އަންނަ އިރު، "ބްރޭންޑް އިންޑިއާ" ގެ ސޮފްޓް ޕަވާއިން ނޭނގޭ އެތައް ފައިދާއެއް ވެސް އިންޑިއާއަށް ދަނީ ލިބެމުންނެވެ. 2047 ވަނަ އަހަރުގެ ނިޔަލަށް 40 ޓްރިލިއަން އިޤްތިޞާދެއް ގެނައުމުގެ އަމާޒަށް ޑިމޮގްރަފިކް ޑިވިޑެންޑް ގެނައުމުގެ ފުރުޞަތު ބޮޑުކަމުން، ހަރުދަނާ ޑިމޮކްރެޓިކް މުއައްސަސާތަކާއި ވަރުގަދަ އަސްކަރީ ޤާބިލުކަމާ އެއްގޮތްވާ އެންމެ ބޮޑު ޒުވާނުންނާއި އަންހެނުންގެ ބާރުގެ ރިޒާވަރ، އިންޑިޔާ މިހާރު އޮތީ ލީޑިން ބާރަކަށް ވުމުގެ މަގުމަތީގައެވެ. އެ ޤައުމުގެ ބާރުގަދަވަމުން އަންނަ ސޮފްޓް ޕަވަރ އިން ޑިމޮކްރެޓިކް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީވެފައިވާ، އަދި ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމެއް ހަރުދަނާކޮށްދޭ، މަޑުމައިތިރި، އޯގާތެރި، ޞުލްޙަވެރި ކުރިއެރުމެއްކަން ކަށަވަރުވެގެންދާނެއެވެ.

*ލިޔުންތެރިޔާއަކީ އިންޑިއާގެ ރިޓަޔާޑް ޑިޕްލޮމެޓެއްގެ އދގެ ކުރީގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެން ވިމެންގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރެކެވެ.

***

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް