ރާހުލްއާ އަތިއާގެ ކައިވެނީގެ ހަދިޔާގެ ގޮތުގައި ލިބުނު އަގުބޮޑު ތަކެތީގެ ލިސްޓު ކުރުކޮށް!

ބޮލީވުޑްގެ ކުރީގެ ފިލްމީތަރި ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ އާއި އިންޑިއާގް ގައުމީ ކްރިކެޓް ޓީމްގެ ކުޅުންތެރިއެއް ކަމަށްވާ ކޭއެލް ރާހުލް ކައިވެނި ކުރީ މިމަހުގެ 23 ވަނަ ދުވަހު އެވެ. ދެ މީހުންގެ ކައ...

26 Jan 2023 | 03:14

ބޮލީވުޑްގެ ކުރީގެ ފިލްމީތަރި ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ އާއި އިންޑިއާގް ގައުމީ ކްރިކެޓް ޓީމްގެ ކުޅުންތެރިއެއް ކަމަށްވާ ކޭއެލް ރާހުލް ކައިވެނި ކުރީ މިމަހުގެ 23 ވަނަ ދުވަހު އެވެ.

ދެ މީހުންގެ ކައިވެނި ހަފްލާ އޮތީ އިންޑިއާގެ ޕޫނޭގެ ސަރަހައްދެއްކަމަށްވާ ކަންޑާލާގެ ފަރުބަދަމަތީ ސަަހަހައްދެއްގައި ހުންނަ ސުނިލްގެ ފާމް ހައުސްގައި އެވެ. ވަރަށް ގާތް މީހުންނާއި އެކު ބޭއްވި ކައިވެނީގެ ހަފްލާއަށް ދައުވަތު ދިން މީހުންގެ ތެރޭގައި ސުނިލް އާއި ރާހުލްގެ ވަރަށް ގާތް މީހުން ހިމެނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މަސައްކަތް ހުރި ގޮތުން ކައިވެންޏަށް ނުދެވުމުން އޭގެ ތެރެއިން ބައެއް މީހުން ވަނީ ރާހުލް އާއި އަތިޔާއަށް ހަދިޔާގެ ގޮތުގައި އަގުބޮޑު ތަކެތި ދީފައި އެވެ. އެހެން ކަމުން އެމީހުންނަށް ނުދެވުނު ތަންކޮޅު ފޫބެދުނީ ކަމަށް ބުނެފައިވެ އެވެ.

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަކީ ކައިވެނީގެ ދައުވަތު އެރުވި ރާޙުލްގެ ގާތް އެކުވެރިއެކެވެ. މިހާރު ކުރިޔަށްދާ މުބާރާތަކާއި ގުޅިގެން އޭނާއަށް ނުދެވުމުން ހަދިޔާގެ ގޮތުގައި އަތިޔާ އާއި ރާހުލްއަށް ދިނީ 2.70 ކްރޯޑު އިންޑިއަން ރުޕީސްގެ އަގުހުރި ބީއެމްޑަބްލިއު ކާރެކެވެ.

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އެމްއެސް ދޯނީ ކައިވެނި ހަފްލާއަށް ނުދެވުނު ސަބަބު އަންގާފައިއެއް ނުވެ އެވެ. އެކަމަކު އޭނާ ވަނީ ރާހުލްއަކީ މޮޓޯ ސައިކަލް ރޭސް ޖެހުމަށް ޝައުގު ހުންނަ މީހަކަށް ވާތީ 80 ލައްކަ ރުޕީސްގެ އަގު ބޮޑު ކަވަސަކީ ނިންޖާ ބައިކެއް ހަދިޔާ ކޮށްފައި އެވެ.

ބޮލީވުޑްގެ ކުރީގެ ތަރިންގެ ތެރެއިން ޖެކީ ޝްރޮފް، އޭނާގެ އެކުވެރިޔާ ސުނިލްގެ ދަރިފުޅުގެ ކައިވެނީގެ ހަދިޔާގެ ގޮތުގައި ދިނީ ދެމަފިރިންނަށް އަގުބޮޑު ގަޑިއެކެވެ. ސަލްމާން ހާން ދިނީ ރާހުލް އާއި އަތިޔާއަށް އައުޑީ ކާރެކެވެ.

ރިޕޯޓުތައްބުނާގޮތުގައި އަތިޔާގެ ބައްޕަ އާއި މަންމަ މާނާ ޝެޓީވެސް ވަނީ ހާއްސަ ހަދިޔާއެއް އެމީހުންނަށް ދީފައި އެވެ. އެއީ މުމްބާއީގެ ހިތްގައިމު ސަރަހައްދަކުން 50 ކްރޯޑު ރުޕީސްއަށް ގަނެފައިވާ އެޕާޓްމެންޓެކެވެ.

އަތިޔާގެ އެހާ އަގުބޮޑު ހަދިޔާ ދޭނެ އެކުވެރިންނެއް ނުތިބޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު ގިނަ ބޮލީވުޑް ތަރިން ވަނީ އެމީހުންގެ ކައިވެނީގެ ތަހުނިޔާ ކިޔައި މެސެޖު ކޮށްފައި އެވެ.

އަތިޔާ ދެތިން ބޮލީވުޑް ފިލްމެއް ކުޅުނު ނަމަވެސް އޭނާއަށް މާބޮޑު ކާމިޔާބެއް ނުލިބެ އެވެ. އެކަމަކު އޭނާގެ ނަން އިންޑަސްޓްރީގައި ހިފަހައްޓަނީ ބައްޕަ ސުނިލްގެ ނަން ބޭނުންކޮށްގެންނެވެ. އަނެއްކޮޅުން އޭނާ، ރާހުލް އާއި ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަކީ މިހާތަނަށް އަތިޔާގެ ނަން ފަނޑުނުވާ އެއް ސަބަބު ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް