އައްޑޫ ސިޓީއިން އިތުރު 500 ގޯއްޗަށް ހުޅުވާލައިފިއެވެ.
ރޭގައި އައްޑޫ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލާފައިވަނީ އައްޑޫ ސިޓީ ހިތަދޫއިން ދޫކުރާ 500 ގޯއްޗަށް ކުރިމަތިލުމަށެވެ. މި ހަފްތާގައި މީދޫ އަދި ހުޅުދޫންވެސް 500 ގޯއްޗަށް ހުޅުވާލާފައެވެ.
އައްޑޫ ސިޓީ ކައުންސިލުން ރޭގައި ކުރި އިއުލާނުގައި ބުނެފައިވާގޮތުގައި ހިތަދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އަކަފޫޓުގެ 500 ގޯއްޗެވެ. އެ 500 ގޯތިން 450 ގޯތި ދޫކުރަން ނިންމާފައިވަނީ ހިތަދޫގެ ރައްޔިތުންނަށެވެ. އަނެއް 50 ގޯތި ދޫކުރަން ނިންމާފައިވަނީ އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި ގޯއްޗަށް އެދޭ ފޯމު އަންނަ ފެބްރުއަރީ މަހުގެ 23 ގެ ކުރިން ހުށަހަޅަން ޖެހެއެވެ. ފޯމު ބަލައިގަންނަން ފަށާނީ އަންނަ މަހުގެ ފަހަކުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް ހިތަދޫ އަވަށު އޮފީހުން ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް