ޓްރަމްޕްގެ އެކައުންޓް ސަސްޕެންޝަން އުވާލަން ފޭސްބުކުން ނިންމައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރަސްމީ ފޭސްބުކް އެކައުންޓްގެ ސަސްޕެންޝަން އުވާލަން ފޭސްބުކްގެ މައި ކުންފުނި މެޓަ އިން ނިންމައިފިއެވެ. މެޓަ އިން މިކަން ހާމަކޮށްފައިވަނި އިއްޔެ އާއްމުކުރި ބ...

26 Jan 2023 | 00:56

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ރަސްމީ ފޭސްބުކް އެކައުންޓްގެ ސަސްޕެންޝަން އުވާލަން ފޭސްބުކްގެ މައި ކުންފުނި މެޓަ އިން ނިންމައިފިއެވެ.

މެޓަ އިން މިކަން ހާމަކޮށްފައިވަނި އިއްޔެ އާއްމުކުރި ބްލޮގް ޕޯސްޓެއްގައެވެ.

ޓްރަމްޕްގެ އެކައުންޓްގެ ސަސްޕެންޝަން އުވާލަން ފޭސްބުކް އިން ނިންމުމުން ޓްރަމްޕް ވަނީ އޭނާގެ އަމިއްލަ ސޯޝަލް ނެޓްވޯކް، ސޯޝަލް ޓްރުތުގައި އެކަމަށް ފާޑުވިދާޅުވެފައެވެ. ވިދާޅުވެފައިވަނީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި އެފަދަ ކަމެއް ނުވާނެ ކަމަށެވެ. ވެރިޔަކު ބްލޮކް ކުރުމެއް ނޯންނާނެކަމަށެވެ.

ޓްރަމްޕްގެ އެކައުންޓްގެ ސަސްޕެންޝަން އުވާލާފައިމިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރުމަށް އޭނާގެ ފޭސްބުކް އެކައުންޓް ދޫކޮށްދިނުމަށް ޓްރަމްޕްގެ ފަރާތުން ފޭސްބުކްގައި އެދިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ދެ އަހަރު ކުރިން 2021 ވަނަ އަހަރު ފޭސްބުކުންނާއި ޓްވިޓާއިން ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑް ކުރީ ރިޔާސީ އިންތިހާބުން ޓްރަމްޕް ބަލިވެވަޑައިގެންނެވުމުން އެ ގައުމުގައި ހަމަނުޖެހުން ހިންގުމަށް ބާރުލިބޭހެން ކުރި ޕޯސްޓްތަކަކާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް