ސައޫދީ އަރަބިއްޔާއަށް އެތެރެކުރަން އުޅުނު ހަތަރު މިލިޔަން އެމްފެޓަމިން ގުޅަ އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެމްފެޓަމިނަކީ މަސްތުވުމަށް ބޭނުންކުރާ ބޭސް ގުޅައެކެވެ.
ސައޫދީ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ގައުމުގެ ކަސްޓަމާއި ޤަތަރުގެ ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެތަކެތި އަތުލައިގަތީ ގެރި ބަކަރިއަށް ކާންދޭ ކާނާގެ ޝިޕްމެންޓެއްގެ ތެރެއިންނެވެ.
ޖުމްލަ 4,091,250 ގުޅަ އެމްފެޓަމިން އެ އޮޕަރޭޝަންގައި އަތުލައިގެންފައިވާއިރު އެ ޝިޕްމެންޓާއި ގުޅޭ ދެމީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ދެމީހުން ނިސްބަތްވަނީ މިސްރަށާއި އުރުދުންއަށް ކަމުގައި ސައުދީގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް