ބޮލީވުޑްގެ މަޝްހޫރުތަރި ސަނީ ލިއޯން މިފަހަރު މިވަނީ އޭނާގެ އައު ހުނަރެއް ދައްކާލާފައެވެ.
އެގޮތުން 39 އަހަރު ސަނީ ލިއޯން އޭނާގެ އިންސްޓަގަރާމްގައި ބޯޅައެއް ބޭނުންކޮށްގެން އޭނާގެ ހުނަރުވެރިކަން މިވަނީ ދައްކާލާފައެވެ.
ކެޕްޝަންގައި ހަމައެކަނި ރީތި މޫނެއް ނޫން ކަމަށާއި އަދި ހުނަރުވެސް ލިބިފައިވާކަމަށް ބުނެފައިވާ މި ޕޯސްޓަށް އޭނާގެ ސަޕޯޓަރުންގެ ތަޢުރީފުތައް ދަނީ އޮހެމުންނެވެ.
އިންސްޓަގްރާމްގައި އޭނާ ކޮށްފައިވާ ޕޯސްޓްގައި ފެންނަނީ ފުޓްބޯޅައެއް ކުޅޭތަނެވެ. އެގޮތުން ފައިންނާ އި ކަކުލުން ކުޅެމުން ގެންގޮސް ބޯޅަ ބޮލަށް ލާތަން ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް