އަންހެން ދަރީން ބޮޑެތި ވުމުގެ ކުރީން ކޮންމެހެން ކިޔާދޭންޖެހޭ ކަންތައްތައް

ކުށް ކުރެވޭނެކަން ދިރިއުޅުމައިގެން ކުރިއަށް ދާއިރުގައި ކަންތައްތަކާ ދިމާވަނެކަން އެކުދިންނަށް ބުނެދޭން ޖެހެއެވެ. އަދި ކުށް ކުރެވޭނެކަމާއި އެ ކުށް ޤަބޫލުކޮށް ކަންކަން ޙާޞިލުކުރުމުގައި ހިތްވަރު އެލުވާ ނ...

26 Jan 2021 | 08:33

ކުށް ކުރެވޭނެކަން

ދިރިއުޅުމައިގެން ކުރިއަށް ދާއިރުގައި ކަންތައްތަކާ ދިމާވަނެކަން އެކުދިންނަށް ބުނެދޭން ޖެހެއެވެ. އަދި ކުށް ކުރެވޭނެކަމާއި އެ ކުށް ޤަބޫލުކޮށް ކަންކަން ޙާޞިލުކުރުމުގައި ހިތްވަރު އެލުވާ ނުލައި ކުރިއަށް ދާންޖެހޭނެކަން އަންގައިދޭން ޖެހެއެވެ.

ހުރިހާ ކަމަކަށް މޮޅު އެކަކުވެސް ނޫޅޭނެކަން

ކޮންމެ މީހަކީވެސް އުފެދުމުގައި ކޮންމެވެސް ކަހަލަ ހުނަރުތަކެއް ލިބިގެން ދުނިޔެއަށް އުފަންވާ މީހެއްކަން ބުނެދޭން ޖެހެއެވެ. އެހެން ކަމުން ކުރާ ހުރިހާ ކަމަކުން އެންމެ ރަނގަޅު ނަތީޖާ ނުނެރެވުނު ނަމަވެސް އަމިއްލަ ގައިގައި ހުރި ހުނަރެއް ކުރިއަރުވަން މަސައްކަތްކުރަން ބުނެދޭން ޖެހެއެވެ.

އަމިއްލަ ނަފުސަށް އިހުތިރާމްކުރުން

މީހަކު ބުނާ އެއްޗަކުން ނުވަތަ މީހުންގެ ފާޑުކިޔުންތަކާމެދު ވިސްނާ އަމިއްލަ ނަފުސާ މެދު އޮތް އިތުބާރު ގެއްލުވާ ނުލުން މުހިންމެވެ. އަމިއްލައަށް ބޭނުންވާ ކަންތައްތައް އަމިއްލައަށް ދެނެގަނެ މީހުންނަށް ޑިޕެންޑް ވުމުގެ ބަދަލުގައި އަމިއްލަ ފައިމައްޗަށް ތެދުވާން ދަސްކޮށްދޭން ޖެހެއެވެ.

މީހަކު ދިމާކުރިޔަސް އަޅާނުލުން

ދިމާކުރުމަކީ މިއީ ހުރިހާ މުޖުތަމައެއްގައިވެސް ވަރަށް ޢާންމު ކަމެކެވެ. އެހެން ކަމުން ދިމާކުރާ ނުވަތަ ބުލީ ކުރާ މީހަކާ އެއް ފެންވަރަށް ނުވެއްޓި އޭނައާމެދުވެސް ރަނގަޅަށް ކަންތައް ކޮށްދިނުމަށް ބުނެދޭށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް