މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އަލުން ކޮޗިންއަށް ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އިންޑިއާގެ ކޮޗިން އަށް އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ. މޯލްޑިވިއަންއިން ކޮޗިންއަށް ކުރަމުން އައި ޝެޑިއުލް ދަތުރުުތައް ހުއްޓާލީ ކޯވިޑް-19 އާއި ގ...

26 Jan 2021 | 08:05

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އިންޑިއާގެ ކޮޗިން އަށް އަލުން ފަށަން ތައްޔާރު ވެއްޖެ އެވެ.

މޯލްޑިވިއަންއިން ކޮޗިންއަށް ކުރަމުން އައި ޝެޑިއުލް ދަތުރުުތައް ހުއްޓާލީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދު ކުރުމުންނެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެވެ.

އޭގެ ފަހުން މިހާތަނަށް އެ އެއާލައިނުން ކޮޗިންއަށް ކުރަނީ ހާއްސަ ދަތުރުތަކާއި ޗާޓާޑް ދަތުރުތަކެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް "ދުވަސް" އަށް ވިދާޅުވީ ވީއައިއޭއިން ކޮޗިންއަށް ކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ކަމަށެވެ. އޭނާ ވިދާޅުވީ ފެއާގައި ކޮޗިން ދެކޮޅު ދަތުރުގެ ޓިކެޓު 150 ޑޮލަރަށް ލިބޭނެ ކަމަށެވެ.

މޯލްޑިވިއަންއިން ކޮޗިންއަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ފްލައިޓެވެ. އެ ދަތުރުތައް ކުރާނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

މިދަތުރުތަކުގައި ބަގޭޖް އެލަވަންސްގެ ގޮތުގައި 30 ކިލޯ ލިބެ އެވެ.

ކޮޗިން އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ދާ ސިޓީ އެކެވެ.

ކޯވިޑާއި ގުޅިގެން ބަންދު ކުރުމަށް ފަހު އިންޑިއާގެ ބޯޑަރު ހުޅުވާލިތާ ގިނަ ދުވަސްތަކެއް ނުވެ މޯލްޑިވިއަންއިން ޓްރިވެންޑްރަމަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް އަލުން ވަނީ ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް