އައިލެންޑް މަމާ: ކޮސްމެޓިކްސްގެ ވަރަށް ތަފާތު ރޭންޖް ތަކެއް ދިވެހިންނާ ހަމައަށް

މަސައްކަތްތެރިކަމުގެ މާޙައުލުގައި ކެރިގެން ކުރިމަތިލާ އެކަމެއް ކުރިއަށް ގެންދަން ހިތްމަތާއެކު މަސައްކަތްކޮށްފި ނަމަ ކޮންމެ މަސައްކަތަކީވެސް ކާމިޔާބު މަސައްކަތެކެވެ. އެގޮތުން "އައިލެންޑް މަމާ" އަކީ ވެސ...

26 Jan 2021 | 07:41

މަސައްކަތްތެރިކަމުގެ މާޙައުލުގައި ކެރިގެން ކުރިމަތިލާ އެކަމެއް ކުރިއަށް ގެންދަން ހިތްމަތާއެކު މަސައްކަތްކޮށްފި ނަމަ ކޮންމެ މަސައްކަތަކީވެސް ކާމިޔާބު މަސައްކަތެކެވެ.

އެގޮތުން "އައިލެންޑް މަމާ" އަކީ ވެސް ދިވެހި ދަރިއެއްގެ މިންނެތް މަސައްކަތް ރަމްޒުކޮށްދޭ ފިހާރައެކެވެ. ތަފާތު ވައްތަރުގެ އޮރިޖިނަލް ކޮސްޓެމިކްޓްސް ޢާންމުނަށް ފޯރުކޮށްދެމުންދާ  މިޒޫ ބުނި ގޮތުގައި "އައިލެންޑް މަމާ" މި ވިޔަފާރި ފެށުމުހެ ޚިޔާލު އެންމެ ފުރަތަމަ ލިބުނީ އެއްމާބަނޑު ދެބެން ލިބުމާ ގުޅިގެން ސްކިން ކެއަރ ޕްރޮޑަކްޓްސްތަކުގެ ބޭނުން ޖެހި, ނަމަވެސް މާލެއިން ހެޔޮ އަގެއްގައި އެތަކެތި ލިބެން ނެތުމުގެ ސަބަބުންނެވެ.

"އައިލެންޑް މަމާ" ގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ވިސްނައި, މި ވިޔަފާރީގައި މިޒޫއާއި, މިޒޫގެ އެކުވެރި ނިޝާޔާއާއި ދެ މީހުން ގުޅިގެން, މި ވިޔަފާރި އައު ހަރުފަތަކަށް ގެނެސް ރިސޯރޓްތަކަށް ސަޕްލައި ކުރުމުގެ އިތުރުން, މިހާރު ވަނީ ހޯލްސޭލްކޮށް އެމީހުންގެ ޕްރޮޑަކްޓްސްތައް ވިއްކަންވެސް ފަށާފައެވެ. ތަފާތު އެތަށް ކޮސްމެޓިކްސް އެއްގެ ވިޔަފާރި ކުރަމުން ދިޔަ ނަމަވެސް "އައިލެންޑް މަމާ" ގެ ޚާއްސަ, ހަމަ އެކަނި އެތަނުން ނޫނީ ރާއްޖޭގައި ލިބެން ނެތް އޮރިޖިނަލް ބްރޭންޑްތަކެއްވެސް އެތަނުގައި ލިބެން ހުރެއެވެ. އެގޮތުން "އައިލެންޑް މަމާ" ގެ ޚާއްޞަ ޕްރޮޑަކްޓްސް ތަކަށް ބަލައިލަމާ ހިނގާށެވެ.

ލޮކްސީތާން

ލޮކްސީތާން އަކީ ލަގްޒަރީ ސްކިން ކެއަރ ބްރޭންޑެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރު ބްރޭންޑެކެވެ. އޭގައިވާ ގުދުރަތީ މާއްދާތަކެއްގެ ސަބަބުން ހަންގަނޑު ކުރަކިވުން ދުރުކޮށް މަޑުކަން މަތީ ހަންގަނޑު ގިނަ ވަގުތު ބަހައްޓައެވެ. މިއީ ސައިންޓިފިކަލީ ވެސް އެޕްރޫވްޑް ބްރޭންޑަކަށް ވުމުގެ އިތުރުން މި ބްރޭންޑްގެ ހުރިހާ ޕްރޮޑަކްޓްސްއެއްގައިވެސް މަޑުމަޑު ލުއިލުއި ނޭފަތަށް އެހާމެ އަރާމު ވަހެއް މުޅި ދުވަހު ހަރުލާފައި ހުރެއެވެ. މީގެ ޚާއްޞަ އަނެއްކަމަކީ ޕްރޮޑަކްޓްސްތައް އުފަށްދަން ފެށުމާއި އަދި ނިންމުމުގެ ޕްރޮސެސްއާ ހަމައަށް މިއީ އެންވާރަމެންޓަލީ ޕްރޮޑަކްޓްސް ތޯ ޔަޤީންކުރެވި ޚާއްސަ މޮނިޓަރިން އެއްގެ ދަށުން އުފައްދާ ޕްރޮޑަކްޓްސްއެކެވެ. އެހެންކަމުން ހަންގަނޑަށް ފައިދާ ވުމުގެ އިތުރުން މިއީ ތިމާވެއްޓާވެސް ރައްޓެހި ޕްރޮޑަކްޓްއެކެވެ.

ނިއޯސްޓްރާޓާ

ނިއޯސްޓްރާޓާ އައިސްފައިވަނި "New Layer" މި ބަހުންނެވެ. "ރިނިއުވިންގް ލޭޔާސް އޮފް ދަ ސްކިން" (ހަންގަނޑު އާކޮށްދޭ) މި ބްރޭންޑްގެ ޕްރޮޑަކްޓްސް ތަކަކީ ދުނިޔޭގެ 85 ހިސާބެއްގައި މިހާރު ބޭނުންކުރަމުންދާ ކްލިނިކަލީ ޕްރޫވެން ޕްރޮޑަކްޓެކެވެ. މީގެ ޚާއްޞަކަމަކީ ކޮންމެ ކަހަލަ ހަންގަނޑެއްގެ ވެރިޔަކަށްވެސް މި ޕްރޮޑަކްޓްސް ބޭނުންކުރެވޭނެކަމެވެ. އެގޮތުން ހަންގަނޑު ވާންވެ ހަންގަނޑުގައި ޖެހޭ ރޫތަށް މި ބޭނުންކުރުމުން ފިލައެވެ.

ހެލިއޯކެއަރ

ހެލިއޯކެއަރ, މި ބްރޭންޑަކީ އިރުގެ އަލިން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ހަންގަނޑު ސަލާމަތްކޮށްދީ ރައްކާތެރިކޮށްދޭ ޕްރޮޑަކްޓްސްތަކެއް ހިމެނޭ ބްރޭންޑެކެވެ. އެގޮތުން އިރުގެ އަލިން ހަންގަނޑު ހަލާކުވުމުން އަލުން ހަންގަނޑު އައުކޮށްދިނުމަށްވެސް މި ޕްރޮޑަކްޓްސް އެހީވެއެވެ. އޭގެ އިތުރުންވެސް އިރުގެ ޑައިރެކްޓް އަލިންނާއި, ޔޫ.ވީ.އޭ, ޔޫ.ވީ.ބީ. އަދި އިންފްރާރެޑް އޭ, އިންވެސް ހަންގަނޑު ސަލާމަތަކޮށްދީ ރައްކާތެރިކޮށްދެއެވެ.

"އައިލެންޑް މަމާ" ގައި ލިބެން ހުންނަ އޮގަނިކް އަދި ނެޗުރަލް ސްކިން ކެއަރ ޕްރޮޑަކްޓްސް ތަކުންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑަކީ އޮކްސިޖަން އެވެ.

އޮކްސިޖަން

އޮކްސިޖަން އަކީ މި ބްރޭންޑްގެ ޕްރޮޑަކްޓްސްތަކުގެ އެގޮތުން 100 އިންސައްތަ އޮރގަނިކް ބާވަތްތަކުން އުފައްދާފައިވާ ޕްރޮޑަކްޓްސް ތަކެކެވެ. އެގޮތުން "އޮރގަނިކް ވާރޖިން ކޮކޮނަޓް އޮއިލް" ބޭނުންކޮށްގެން މި ބްރޭންޑްގެ ޕްރޮޑަކްޓްސްތައް ތައްޔާރުކޮށްފައިވާއިރު, މި ޕްރޮޑަކްޓްސްތަކުގެ އެންމެ ޚާއްޞަ ކަމަކީ މިއީ އެއްވެސް ޓޮކްސިކް ކެމިކްލްއަކާ އެއް ނުކުރެވި ސީދާ ޤުދުރަތީ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ ޕްރޮޑަކްޓްސް ތަކެކެވެ.

ކްލޭ ސްކިން ޓްރީޓްސް

ކްލޭ ސްކިން ޓްރީޓްސް ބްރޭންޑްގެ ޕްރޮޑަކްޓްސް ތަކަކީ ސްރީލަންކާގެ ޤުދުރަތީ ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ ޕްރޮޑަކްޓްސްތަކެކެވެ.  މިއީ ވެސް އުފެއްދުމާއި އަދި ވިއްކުމުގެ ޕްރޮސެސްއާ ހަމައަށް ކޮލެޓީ ހިފެހެއްޓުމުގެ ގޮތުން ވަރަށް ބޮޑަށް މޮނިޓަ ކުރެވިގެން ތައްޔާރުކުރާ ޕްރޮޑަކްޓްސް ތަކެކެވެ. މީގެ އެންމެ ޚާއްސަ ކަމަކީވެސް އުފައްދާފައިވަނީ މުޅިން ޤުދުރަތީ ބާވަތްތައް ބޭނުންކޮށްގެން ކަމާއި އަދި އެއްވެސް ކަހަލަ ޓޮކްސިކް ކެމިކަލްއެއް މީގައި ބޭނުންކޮށްފައި ނުވާ ކަމެވެ.

ބްލަޝް ސިލޯން

މިއީ ސްރީލަންކާގެ އުފެއްދުމެކެވެ. މި ބްރޭންޑްގެ އެންމެ ޚާއްޞަ ކަމަކީ މި ބްރޭންޑްގެ ހުރިހާ ޕްރޮޑަކްޓްސްއަކީ "ހޭންޑް މޭޑް" ޕްރޮޑަކްޓްސްތަކެކެވެ. އަދި ހުރިހާ ޕްރޮޑަކްޓްސްއެއްވެސް އުފައްދަން ބޭނުންކޮށްފައި ހުންނަނީ އޯގަނިކް އަދި ގުދުރަތީ ބާވަތްތަކެވެ. މި ބާވަތް ބޭނުންކުރުމުގެ ސަބަބުން ހަންގަނޑު އޮމާންވެ, މަޑުވެ އަދި ހަންގަނޑަށް އައު ދިރުމެއް ގެނެސްދެއެވެ.

"އައިލެންޑް މަމާ" ގެ މި ހުރިހާ ބްރޭންޑް ތަކެއްގެ އިތުރުންވެސް ކުޑަކުދިންގެ ހަންގަނޑަށް ޚާއްޞަކުރެވިފައިވާ ޕްރޮޑަކްޓްސް ތަކުގެ އިތުރުން އަދިވެސް އެތަށް ވައްތަރެއްގެ ކޮސްމެޓިކްސްއެއް އެތަނުގައި ހުރެއެވެ. ބޮޑުތަކުރުފާނު މަގުން އައިސް ސާރފް ވިއު ހޮޓެލް ކަންމަތިން އަޅަން އޮންނަ ބޮޑުފުންގަނޑު ގޯޅީގައި ހުންނަ "އައިލެންޑް މަމާ" ގެ އެއްވެސް ޚިދުމަތަކަށް މިހާތަނަށް އެއްވެސް ކަސްޓަމަރެއްގެ ފަރާތުން ހިތްހަމަ ނުޖެހުމުގެ ކޮމެންޓެއް ލިބިފައިނުވާ ކަމަށްވެސް މިޒޫ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް