ފްރާންސްގެ ރައްޔިތެއް ކަމަށްވާ، އެންތޮނީ ލޮފްރިޑޯ މޮޅުވާންވެގެން ނޭފަތާއި ތުންފަތުގެ ބައެއްނެގުުމުން، އޭނާއަށް ލަނޑެއް ލިބިއްޖެއެވެ.
32 އަހަރުގެ މި މީހާ، އޭލިއަން އަކަށް ވާން ބޭނުންވާތީ، މުޅި ގައިގަ ޓެޓޫ ޖަހާފަވެސް ވެއެވެ. އަދި ކުރިއަށް އޮތް ތާނގައި އޭނާގެ އަތާއި، ފަޔާއި، އިނގިލިތަކުގެ އިތުރުން، ބޮލުގެ ފަހަތަށް ވެސް ބަދަލު ގެންނަން ބޭނުންވާ ކަމަށެވެ.
މި ކަންކަން ކުރަން ބޭނުން ވާ ކަން އެންތޮނީ ފާހަގަ ކުރާއިރު، ނޭފަތާއި ތުންފަތުގެ ބައެއް ނެގުމުން އޭނާއަށް ވަނީ ވާހަކަ ދެއްކުމަށް ދަތިތަކާ ކުރިމަތިވެފައެވެ.
227000 މީހުން ތިބޭ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އޭނާ ވަނީ ހަށިގަނޑަށް ގެނައި ބަދަލުތައް ދައްކާލާފައެވެ. އިންސްޓަގްރާމްގައި އޭނައަށް ކުރިމަތި ކުރުވާފައިވާ ސުވާލުތަކުން ވެސް، އެ އޮޕްރޭޝަން ކުރީ ކާކު ކަމެއް، ކޮންތާކު ކަމެއް އެންތޮނީ ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ ހަށިގަނޑަށް މިގެނައި ބަދަލާމެދު އޭނާ ފަޚުރުވެރިވެއެވެ.
ހަށިގަނޑަށް ގެންނަ މިފަދަ ގެއްލުން ލިބޭ ބަދަލުތަކަކީ ޔޫރަޕްގެ ގިނަ ގައުމުތަކުގައި މަނާކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް