"ބީޗް ބޭބީ" ސާރާ ރާއްޖޭގައި ނަގާ ފޮޓޯތައް ނޫކުލައިގަ!

ރާއްޖޭގެ ހިތްގައިމު މާހަލުގައި ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ހާން ނަގައި އާންމު ކުރަމުންދާ ފޮޓޯތައް ފެނި އޭނާގެ ނަން ބަދަލު ކޮށްފި އެވެ. ސާރާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ބޭނުން ކޮށްގެން އިންޑިއާގެ ނޫ...

26 Jan 2021 | 04:07

ރާއްޖޭގެ ހިތްގައިމު މާހަލުގައި ބޮލީވުޑްގެ ބަތަލާ ސާރާ އަލީ ހާން ނަގައި އާންމު ކުރަމުންދާ ފޮޓޯތައް ފެނި އޭނާގެ ނަން ބަދަލު ކޮށްފި އެވެ.

ސާރާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ބޭނުން ކޮށްގެން އިންޑިއާގެ ނޫސްތަކުގައި ރިޕޯޓު ކުރާ ހަބަރުތަކުގައި މިހާރު އޭނާއަށް ކިޔަނީ "ބީޗް ބޭބީ" އެވެ. އެ ފޮޓޯތައް ހިއްސާ ކުރަމުން މީޑިއާައި ބުނެފައިވަނީ ގިނަ ބަޔަކު ދެކޭގޮތް ނޭނގުނަސް ސާރާ ނަގާފައިވާ ފޮޓޯތައް ފެނުމުން ރާއްޖެއަށް ޗުއްޓީ ހޭދަ ކޮށްލަން ދާ ހިތްވާ ކަމަށެވެ.

އަދި ސާރާ ނަގާ ފޮޓޯތަކުގައި ފަހަތުން ފެންނަ މަންޒަރާއި އޭނާ ލައިގެން ހުންނަ ހެދުން ނޫކުލައިގަ ހުރުމުން ފޮޓޯތަކަށް ރީތިކަން ގެނެސްދޭ ކަމަށެވެ. ސާރާ އެންމެ ފަހުން އާންމުކޮށްފައިވާ ފޮޓޯތަކުގައި އޭނާ ނޫކުލައިގެ ދެ ބިކިނީއެއް ލައިފަ ހުރި އިރު ފޮޓޯތައް ނަގާފައިވަނީ ނޫކުލަ ފާހަގަ ވާގޮތަށް ސްވިމިން ޕޫލުގައި، ގޮނޑުދޮށުގައި ނުވަތަ އުޑުމަތި ފެންނަ ހެންނެވެ.

ސާރާ ޗުއްޓީ ހޭދަ ކުރަމުން ދަނީ ދަ ސެއިންޓް ރިޖިސް ވޮއްމުލި ރިސޯޓުގައި އެވެ. ސާރާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ލައިކް ދީފައިވެ އެވެ.

ސާރާ މީގެ ކުރިންވެސް އެތައް ފަހަރަކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައިވެ އެވެ. މިފަހަރު ޗުއްޓީ ހޭދަ ކުރުމަށް އައިސްފައިވަނީ ކޮއްކޮ އިބްރާހިމް އަލީ ހާން އާއި މަންމަ އަމްރިތާ ސިންގް އާއި އެކުއެވެ.

އެންމެ ފަހުން ސާރާ ފެނިގެން ދިޔައީ މިދިޔަ މަހު 25 ވަނަ ދުވަހު ރިލީޒް ކުރި “ކޫލީ ނަމްބަރު 1” އިންނެވެ. އޭނާގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރާއި އެކު ފެނިގެންދާ “އަތްރަންގީ ރޭ” ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް